ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 12:27
ބިންވެރިންގެ ސައްލާ 2024
ބިންވެރިންގެ ސައްލާ 2024
ރާއްޖެއެމްވީ
ބިންވެރިންގެ ސައްލާ 2024
"ބިންވެރިންގެ ސައްލާ" މިރޭ، ގޯތި ލިބިފައިވާ ބިންވެރިންނަށް ވެސް ބައިވެރިވެވޭނެ
ސައްލާ ކުރިއަށްދާނީ ހޮނިހިރު ދުވަހުގެރޭ 20:00ގައި، ސަލްޓަން ޕާކުގައި
ގޯތި ލިބިފައިވާ ބިންވެރިންނަށް ވެސް ސައްލާ ބެލުމަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި
މިއީ ގޯތި ލިބިފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ހިއްސާކުރުމަށް ކުރިއަށްގެންދާ ސައްލާއެއް

"ބިންވެރިންގެ ސައްލާ 2024" ހޮނިހިރު ދުވަހުގެރޭ (މިރޭ) 20:00ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ސައްލާ އިންތިޒާމުކުރާ ފަރާތުން ރާއްޖެއެމްވީއަށް ވިދާޅުވީ، މިއީ ގޯތި ލިބިފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ހިއްސާ ކުރުމަށް ކުރިއަށް ގެންދާ ސައްލާއެއްކަމަށެވެ. އެގޮތުން ސައްލާ ކުރިއަށްދާނީ ހޮނިހިރު ދުވަހުގެރޭ 20:00ގައި، ސަލްޓަން ޕާކުގައެވެ.

މި ސައްލާގައި ބައިވެރިންނާ ވާހަކަދައްކަވާނީ، ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން، ގުޅީފަޅު މާލެ ރައްޔިތުންގެ އެސޯސިއޭޝަން، މާލޭ ރަށްވެހިންގެ ޖަމްއިއްޔާ، އަދި ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީގެ ބޭފުޅުންނެވެ.

ބިންވެރިންގެ ސައްލާގައި ބައިވެރިވެވަޑައިގަތުމަށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމާއި، ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، އަދިވެސް ގުޅުންހުރި އެކި ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

Advertisement

އޭގެ އިތުރުންވެސް، ގޯތި ލިބިފައިވާ ބިންވެރިންނަށް ވެސް ސައްލާ ބެލުމަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން، ކުރީ ސަރުކާރުން އާންމުންނަށް ދީފައިވާ ގޯއްޗެއް އަތުނުލައްވާނެ ކަމަށާއި، އެހެންނަމަވެސް ގޯތި ދީފައިވާ ސަރަހައްދުތައް ބަދަލުވެދާނެ ކަމަށް އައު ސަރުކާރުގެ ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ. އެކަމުގައި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާކަމަށް ބުނެ، ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 19639 މީހުންނަށް ގޯތި ލިބެއެވެ. އެއީ 9000ށްވުރެ ގިނަ ބިމެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅީފަޅުން 2218 ބިން، އަދި ގިރާވަރު ފަޅުން 5432 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.

މި ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި، ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އޭގެ އިތުރުން 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް