Advertisement
ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 18:31
ހާދިސާ ހިނގި ރެސްޓޯރެންޓުގައި ފަޔަރފައިޓަރުން ހަރަކާތްތެރިވަނީ
ހާދިސާ ހިނގި ރެސްޓޯރެންޓުގައި ފަޔަރފައިޓަރުން ހަރަކާތްތެރިވަނީ
ޕޮލިސް
ގޭސްފުޅިއެއް ގޮވައި، ބަޔަކަށް އަނިޔާވުން
މާލޭގެ ހުންނަ އެންޖީބީ ރެސްޓޯރަންޓުގައި އެއްޗެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
ސްރީލަންކާއަށް ނިސްބަތްވާ މި ރެސްޓޯރަންޓުގެ ޝެފް ވަރަށް ބޮޑަށް ވަނީ ޒަޚަމްވެފައި
މި ހާދިސާގައި ދިވެހި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެފައިވޭ

މާލޭގެ ހުންނަ އެންޖީބީ ރެސްޓޯރަންޓުގައި އެއްޗެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހެންވޭރު ކިނބިގަސް މަގުގައި ހުރި ރެސްޓޯރަންޓުގައި ގޭސްފުޅިއެއް ގޮވައި، ބަޔަކަށް އަނިޔާ ލިބިފައިވާކަމުގެ މައުލޫމާތު ބުދަ ދުވަހުގެ ހަވީރު 5.00ހާއިރު ލިބިފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ސްރީލަންކާއަށް ނިސްބަތްވާ ރެސްޓޯރަންޓުގެ ޝެފް ވަރަށް ބޮޑަށް ވަނީ ޒަޚަމްވެފައެވެ.

Advertisement

ފުލުހުން ބުނީ މި ހާދިސާގައި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެފައިވާކަމަށާއި، ދެ މީހުންނަކީ ވެސް ދިވެހިން ކަމަށެވެ. އަދި އެ ދެ މީހުން އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް