ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 13:01
ޚިދުމަތުން ދުރުވެފައިވާ ޞިއްޚީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް އެކުލަވާލާފައިވާ އުސޫލު އިފްތިތާޙްކުރުން
ޚިދުމަތުން ދުރުވެފައިވާ ޞިއްޚީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް އެކުލަވާލާފައިވާ އުސޫލު އިފްތިތާޙްކުރުން
ހެލްތު މިނިސްޓްރީ
ސިއްހީ ހިދުމަތްތެރިން
ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމަށް އެކުލަވާލާފައިވާ އުސޫލު އިފްތިތާހުކޮށްފި
ޞިއްޙީ ދާއިރާގައި މިހާރު މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ތެރެއިން %56 އަކީ ބިދޭސީން މުވައްޒަފުން
އެފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލާ، އެފަރާތްތަށް ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެ

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނެރުމަށް އެކުލަވާލާފައިވާ އުސޫލު އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި ބުދަ ދުވަހު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއުސޫލު އިފްތިތާހްކޮށްދެއްވި ދިވެހިރާއްޖޭގެ ނާއިބް ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު އެވެ.

މިނިސްޓްރީ އޮފް ހެލްތާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުޞޫލްގެ ދަށުން ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، އެފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލާ، އެފަރާތްތަށް ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

Advertisement

ހެލްތް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި އުޞޫލުގެ ތެރެއިން ދަފްތަރުގައި  ރެޖިސްޓްރީކުރެވި ޞިއްޙީ ޚިދުމަތްތެރިން މެރިޓް އުސޫލުން (ތަޢުލީމު، ތަޖުރިބާ އަދި ހުނަރަށް ބަލައި) "ޞިއްޙީ ދާއިރާއަށް ޙާއްޞަ ޑައިރެކްޓް ރެކްރޫޓްމެންޓް"ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

މި އުޞޫލުގެ ދަށުން ޚިދުމަތުން ދުރުވެފައިތިބި ފަންނީ މުވައްޒަފުން ޚިދުމަތަށް ނެރެވިއްޖެނަމަ، ޚިދުމަތް މެދުކެނޑުމަށް ދިމާވާ ޙާލަތްތަކުގައި ލުއިފަސޭހަކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތައް މެދުވެރިކޮށް ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ޞިއްޙީ ދާއިރާގައި މިހާރު މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ތެރެއިން %56 އަކީ ބިދޭސީން މުވައްޒަފުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް