ކ. މާލެ
|
13 ޖެނުއަރީ 2024 | ހޮނިހިރު 11:45
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދަނީ
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދަނީ
-
މާލެ ސިޓީ ކައުންސިލް ބައި އިލެކްޝަން
ވޯޓުލާން ދާ މީހުން އަދިވެސް ނިސްބަތުން މަދު - ވޯޓުލީ 4.70% މީހުން
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 95.3% އަދި ވޯޓު ނުލާ
10:00 އާއި ހަމައަށް ވޯޓުލީ މީހުންގެ ޖުމްލަ އަަދަދަކީ 2633

ވޯޓުލާން ދާ މީހުންގެ އަދަދު އަދިވެސް ނިސްބަތުން މަދު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިއަށްދާ ބައި- އިލެކްޝަނުގައި 10:00 އާއި ހަމައަށް ވޯޓުލީ 4.70% އިންސައްތަ މީހުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، އަދި މެދު ހެންވޭރު ދާއިރާ އާއި މ.މުލަކު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ވޯޓުލަމުންދާ މީހުންގެ އިންސައްތަ ވަރަށް ދަށްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން 10:00 އަށް ވޯޓުލާފައިވާ ނިސްބަތަށް ބަލާ އިރު 1007 އަންހެނުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 1.80% މީހުންނެވެ. އަދި 1626 ފިރިހެނުން ވަނީ ވޯޓުލާފައެވެ. އެއީ އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެތެރެއިން 2.90 % މީހުންނެވެ. އެހެންކަމުން ވޯޓުލީ މީހުންގެ ޖުމްލަ އަަދަދަކީ 2633އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 4.70%އެވެ.

Advertisement

މިހާތަނަށް އައި އިރު ވޯޓުނުލާ 53369 މީހުން އެބަތިއްބެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 95.3%އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް