Advertisement
ކ. މާލެ
|
11 ޖެނުއަރީ 2024 | ބުރާސްފަތި 13:11
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ އިންތިޚާބު 2024
މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް ޖެނުއަރީ 30ގައި ހުޅުވާލަނީ
މަޖިލިސް އިންތިޚާބު އޮންނާނީ 2024 މާރިޗް 17 ވާ އާދިއްތަ ދުވަހު
އިންތިޚާބުގައި ވާދަ ކުރުމަށް 30 ޖެނުއަރީން ފެށިގެން 14 ފެބްރުއަރީއަށް ފުރުސަތު ހުޅުވާލާނެ

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް ޖެނުއަރީ 30 ގައި ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ބުނީ، 2024 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމަށް 30 ޖެނުއަރީން ފެށިގެން 14 ފެބްރުއަރީއަށް ފުރުސަތު ހުޅުވާލާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމިޝަނުން ބުނީ، 17 މާރިޗު 2024 ވަނަ ދުވަހަށް 18 އަހަރުފުރޭ 139165 އަންހެނުންނާއި، 145162 ފިރިހެނުންނާއެކު، ޖުމްލަ 284327 މީހުންގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

Advertisement

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 2024 ޖަނަވަރީ 10 ވީ ބުދަ ދުވަހު އާންމުކޮށްފައިވާއިރު، މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު، ކޮމިޝަނުގެ ވެބްސައިޓު، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ.  

މީގެއިތުރުން ވީއާރް އައިޑީކާޑް ނަންބަރު 1414 އަށް (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށް އީސީން ބުނެއެވެ.

 ކޮމިޝަނުން މިހާރު ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނާނީ 2024 މާރިޗް 17 ވާ އާދިއްތަ ދުވަހު ކަމަށެވެ. އެއީ ރަމަޟާން މަހުގެ 7 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް