Advertisement
ކ. މާލެ
|
10 ޖެނުއަރީ 2024 | ބުދަ 12:44
ރިޔާސީ އިންތިޚާބު ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރިޔާސީ އިންތިޚާބު ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އިލެކްޝަންސް ކޮމިޝަން
މަޖިލިސް އިންތިޚާބު 2024
މަޖިލިސް އިންތިޚާބު މާރޗު 17 ގައި، އެއީ ރަމަޟާން މަހުގެ 7 ވަނަ ދުވަސް
ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި އިދާރީ ގޮތުން އިންތިޚާބު ބޭއްވުމަށް ބޮޑެތި ހުރަސްތަކެއް ހުންނާނެ
އީދު ބަންދަށްފަހު ފެށޭ ހަފްތާއަކީ ސުކޫލުތަކުގެ އިމްތިހާނު
ރަމަޟާން މަސް ފެށެނީ 11 މާރިޗުގައެވެ. ނިމެނީ 9 އޭޕްރީލްގައި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނާނީ 2024 މާރިޗް 17 ވާ އާދިއްތަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މަޖިލިސް އިންތިޚާބު 1445 ވަނަ އަހަރުގެ ރަމަޟާންމަހާ ދިމާވާ ކަމަށާއި، ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި އިދާރީ ގޮތުން އިންތިޚާބު ބޭއްވުމަށް ބޮޑެތި ހުރަސްތަކެއް ހުންނާނެ ކަމަށެވެ.

އަދި ތައުލީމާބެހޭ ވުޒާރާއިން އިސްލާޙުކޮށް އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާގޮތުން އީދު ބަންދަށްފަހު ފެށޭ ހަފްތާއަކީ ސުކޫލުތަކުގެ އިމްތިހާނުކަމަށްވާތީ ސުކޫލުތައް ލިބުން ދަތިވެ، ވޯޓުލާ މަރުކަޒު ޤާއިމު ކުރުމަށް ކޮމިޝަނަށް އެކަށީގެންވާ ތަންތަން ނުލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

Advertisement

އޭގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަންޖެހޭ ކަންކަން ކުރުމުގައިވެސް ދަތިތައް ހުންނާނެކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެ ހުރިހާ ކަމެއްގެ މައްޗަށް ބަލައި ކޮމިޝަނުން މިހާރު ވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނާނީ 2024 މާރިޗް 17 ވާ އާދިއްތަ ދުވަހެވެ. އެއީ ރަމަޟާން މަހުގެ 7 ވަނަ ދުވަހެވެ.

ރަމަޟާން މަސް ފެށެނީ 11 މާރިޗުގައެވެ. ނިމެނީ 9 އޭޕްރީލްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް