ކ. މާލެ
|
9 ޖެނުއަރީ 2024 | އަންގާރަ 13:23
ކޯޓުތަކުގެ އިމާރާތްތަކުގެ ހާލަތު ބެއްލެވުމަށް އެޓަރނީ ޖެނަރަލް އަޙްމަދު އުޝާމް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން
ކޯޓުތަކުގެ އިމާރާތްތަކުގެ ހާލަތު ބެއްލެވުމަށް އެޓަރނީ ޖެނަރަލް އަޙްމަދު އުޝާމް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން
އޭޖީ އޮފީސް
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓަށް ގެއްލުންވެ، ޝަރީއަތްތައް ހިންގަން ހުރަސްއެޅިފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދާނެ: ސަރުކާރު
ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތަށް ގެއްލުންވެފައިވޭ
ވަސީލަތްތައް ހަމަޖައްސައިދިނުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް

ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ އިމާރާތްތަކުގެ ހާލަތު ބެއްލެވުމަށް އެޓަރނީ ޖެނަރަލް އަޙްމަދު އުޝާމް އެ ކޯޓުތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

އޭޖީ އޮފީހުން ބުނީ، މި ޒިޔާރަތުގައި އުޝާމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް، އަލްއުސްތާޛާ ހިސާން ހުސެއިން އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާގެ އިތުރުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުން ބައިވެރިވެޑައިގެންނެވި ކަމަށެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓުގެ ޢިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީޢަތްތައް ހިންގުން މަޑުޖެހިފައިވާތީ، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭޖީ ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން މާލެއަށް ވެހުނު ބޯ ވާރޭގެ ސަބަބުން ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތަށް ގެއްލުންވެފައިވާތީ، ޝަރީއަތްތައް ހިންގުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

Advertisement

މިމައްސަލަ ހައްލުކޮށް ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހަމަޖައްސައިދިނުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު، އެ ޒިންމާ އަދާކޮށް، ކޯޓުގެ ވަސީލަތްތައް ރަނގަޅުކޮށްދިނުމަށް ދާދި ފަހުން ޕްރޮސެކިއުޓަރ ޖެނެރަލްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއެމްވީން ސުވާލުކޮށްލުމުން ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، ކޯޓުގައި ހުރި ޝަރީއަތް ކުރާ މާލަންތަކުގެ ތެރެއިން މިހާރު ބޭނުން ކުރެވޭ ޙާލަތުގައި ހުރީ 2 މާލަން ކަމަށާއި، އޭގެ ތެރެއިން 1 މާލަން ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކަށް ޚާއްސަކުރަން ޖެހޭކަމަށެވެ.

އެހެންކަމުން ކޯޓުގެ އެކި ސެކްޝަންތަކުގައި ތިއްބަވަ 11 ގާޒީން ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދެވުމަށް މިވަގުތު ހުރީ އެންމެ މާލަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް