ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 21:09
މަސްވެރިކަމާބެހޭ ވަޒީރު، އަހުމަދު ޝިޔާމް
މަސްވެރިކަމާބެހޭ ވަޒީރު، އަހުމަދު ޝިޔާމް
ރައީސް އޮފީސް
މަސްވެރިންނަށް ފައިސާ ނުދީ ލަސްވުން
ވައުދާ އެއްގޮތަށް މަހުގެ ހަމަ އަގު މަސްވެރިންނަށް ނުލިބޭތީ ސުވާލުކުރުމަށް، ޝިޔާމް މަޖިލީހަށް ހާޒިރުކުރަނީ
ޝިޔާމް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރު
މިފްކޯއިން މިހާތަނަށް މަސްވެރިންނަށް ދަރާފައިވާ ދަރަނި ޚަލާސްކުރުމާމެދު ސުވާލުކުރުމަށް ވަނީ ހިމަނާފައި
މަސްކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެވެމުންނެއް ނުދޭ

މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ ހަމަ އަގު މަސްވެރިންނަށް ލިބެމުން ނުދާތީ، އެކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމާ ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

އޭނަ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދެވެ.

Advertisement

ޝިޔާމާ ކުރަން ހުށަހަޅާފައިވާ ސުވާލުގައި ބުނެފައިވަނީ، މަސްކިރާތާ 48 ގަޑިއިރު ތެރޭގައި މަހުގެ ހަމަ އަގު މަސްވެރިންނަށް ދޭނެކަމަށް ކެމްޕެއިނުގައި ވައުދުވިނަމަވެސް، ކިރުވި މަހަށް ފައިސާ ނުދޭތާ މިހާރު 48 ދުވަސް ފަހަނައަޅައި ގޮސްފައިވާކަމަށެވެ. އަދި މަސްވެރިންނަށް ދަތިނުވާނެ މަގުން، 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ އުސޫލު އަވަހަށް އެކުލަވާލައި، މި ސިނާއަތުގެ އާމްދަނީއަށް ބަރޯސާވެ ތިބި ފަރާތްތަކުން އުފުލަމުން ގެންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ގެނައުމަށް ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ ސާފުކުރުމަށް ސުވާލުކޮށްފައި ވެއެވެ. އަދި މިފްކޯއިން މިހާތަނަށް މަސްވެރިންނަށް ދަރާފައިވާ ދަރަނި ޚަލާސްކޮށް، ވީ ވައުދާ އެއްގޮތަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޭން ފެށޭނީ ކޮންދުވަހަކުންތޯ ވެސް ސުވާލުގައި ވަނީ ހިމަނާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް