Advertisement
ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 13:06
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، ޙަސަން މުޙައްމަދު (ހަސަންޓޭ)
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، ޙަސަން މުޙައްމަދު (ހަސަންޓޭ)
ޓްވީޓަރ
އެމްޑީޕީ މެންބަރުން ޕީއެންސީއަށް
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަންޓޭވެސް ޕީއެންސީއަށް
ވެރިކަން ކުރާ ޕާޓީއާ ގުޅިވަޑައިގަންނަވާ މަތިން މެންބަރުންނަށް ބޮޑެތި އޮފަރތަކެއް ހުށަހެޅިކަމުގެ އަޑު ފެތުރިފައިވޭ
މީގެ ކުރިންވެސް 13 މެންބަރަކު އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ސޮއިކުރައްވާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، ޙަސަން މުޙައްމަދު (ހަސަންޓޭ) ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

އޭނާ ޕީއެންސީއާ ގުޅިވަޑައިގެން ރައީސް ޑރ މުޙައްމަދު މުއިއްޒާ ވަނީ ފޯމު ޙަވާލު ކުރައްވާފައެވެ.

މެންބަރު ހަސަން މުޙައްމަދަކީ އެމްޑީޕީގެ ސަރުކާރުގައި އެމްޑީޕީގައި ހުންނެވިއިރު ޑރ މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި މެންބަރެކެވެ.

Advertisement

ވެރިކަން ކުރާ ޕާޓީއާ ގުޅިވަޑައިގަންނަވާ މަތިން މެންބަރުންނަށް ބޮޑެތި ހުށަހެޅުންތަކެއް ހުށަހެޅިކަމުގެ އަޑު ފެތުރިފައި ވަނިކޮށް، މީގެ ކުރިންވެސް 13 މެންބަރަކު އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ސޮއިކުރައްވާފައިވެއެވެ.

އަޑުފެތުރިފައި ވާގޮތުން، ޕީއެންސީއަށް ސޮއިކޮށްފިނަމަ 1 މިލިއަނާ 3 މިލިއަނާ ދެމެދުގެ އަދަދަކަށް ފައިސާ ދޭނެކަމަށާއި، ސަރުކާރުގެ އިސް މަގާމުތައް ދޭނެކަމަށް ބުނެ، ސަރުކާރުގައި ހިމެނޭ މީހުންގެ ފަރާތުން ވަނީ މެންބަރުންނަށް ހުށަހެޅުންތައް ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް