ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 09:54
ވިލިމާލެ
ވިލިމާލެ
ފޭސްބުކް
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގަވާއިދު
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމަށް ގަވާއިދަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް މަޖިލީހަށް ފޮނުވައިފި
ގަވާއިދަށް ބަދަލު ގެނައުމަކީ ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވެން އޮތް ކަމެއް
ކުރިއަށް އޮތްތަނުގައި ވިލިމާލެއިން ގޯތި ދޫކުރުމުގެ މަސައްކަތް ވެސް ކުރާނެ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވާއިދަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އިމާރާތް ކުރުމުގެ ގަވައިދަށް ބަދަލު ގެނައުމަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރެވެން އޮތް ކަމެއް ކަމަށެވެ.

ވިލިމާލޭގައި 10 ބުރިއަށް އިމަރާތްތައް ކުރެވޭ ގޮތްވުމަކީ ވިިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާކަމެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތް ކުރުމަށް އެޅިފައިވާ ހުރަސް ނައްތާލައްވާނެ ކަމަށާއި، ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މިކަން ކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ކުރެވެން އަންނަނީ ޕްލޭނިންގެ ގަވާއިދު ބަދަލުކޮށް، ރައްޔިތުން މަޖިލީހުގެ ގަވައިދު ކޮމެޓީ އަށް ފޮނުވާއި، ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭން ގޯތި ދޫކުރުމަށް މީގެ ކުރިން ކުރި މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މިމަސައްކަތް ކުރެވޭނެ މަގުފަހިކޮށްދީ ސަރުކާރުގެ ތެރެއިން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ވިލިމާލޭގެ ތަރައްގީއަށް އަދި ކުރަން ހުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭ ފަޅުތެރެއިން ތެޔޮބޯޓުތައް ނަގައި، ފައިބަރު މަސައްކަތް ކުރުން ހުއްޓާލައި 6 މަސް ތެރޭ އެކަން ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި ސިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ވިލިމާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުންތަކަށް ރައީސް މުއިއްޒު ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، މި ކަންކަމަކީ ރައީސް މުއިއްޒު މާލޭގެ މޭޔަރު ކަމަށް ވަޑައިގެންނެވުމަށް ވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް