ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 08:02
ރައީސް އޮފީސް
ރައީސް އޮފީސް
ސަރުކާރުގެ ބައެއް ވެބްސައިޓްތައް ޑައުންވުން
ރައީސް އޮފީހުގެ ވެބްސައިޓް ހިމެނޭހެން ސަރުކާރުގެ ބައެއް ވެބްސައިޓްތައް ޑައުންވި މައްސަލަ ބަލަނީ
ސަރުކާރުގެ ވެބްސައިޓްތަކެއް ޑައުންވީ ސައިބަރ އެޓޭކެއްގެ ސަބަބުން ކަަމަށް ވަނީ އަޑު ފެތުރިފައި
ވެބްސައިޓްތައް ޑައުންވީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި
އެންމެ ފުރަތަމަ ޑައުންވިކަމަށް ފާހަގަކުރެވުނީ ރައީސް އޮފީސް ވެބްސައިޓް

ރައީސް އޮފީހުގެ ވެބްސައިޓް ހިމެނޭހެން ސަރުކާރުގެ ބައެއް ވެބްސައިޓްތައް ޑައުންވި މައްސަލަ ބަލަން ފަށައިފިއެވެ.

ވެބްސައިޓްތައް ޑައުންވީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ ޑައުންވިކަމަށް ފާހަގަކުރެވުނީ ރައީސް އޮފީސް ވެބްސައިޓެވެ. އަދި ފަހުން ފޮރިން މިނިސްޓްރީގެ ވެބްސައިޓަށް ވެސް ނުވަދެއެވެ. ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު ފަހުން ރައީސް އޮފީހުގެ ވެބްސައިޓަށް ވަދެވޭ ގޮތް ވަނީ ހަދާފައެވެ.

އެންސީއައިޓީގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ރައީސް އޮފީހުގެ ވެބްސްއިޓަށް ދިމާވި މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުން ފަހުން ވަނީ ބުނެފައެވެ.

Advertisement

ނަމަވެސް މި މައްސަލައާ މެދު ރައީސް އޮފީހުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެެއެވެ.

ސަރުކާރުގެ ވެބްސައިޓްތަކެއް ޑައުންވީ ސައިބަރ އެޓޭކެއްގެ ސަބަބުން ކަަމަށް ވަނީ އަޑު ފެތުރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް