ކ. މާލެ
|
6 ޖެނުއަރީ 2024 | ހޮނިހިރު 07:57
އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް، އާދަމް އާޒިމް
އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް، އާދަމް އާޒިމް
ރާއްޖެއެމްވީ
އާޒިމަށް ކުރާ ތުހުމަތު
ޚިޔާނާތްތެރިވިކަމަށް ބުނެ ދޮގު ފަތުރާތީ، އަބުރުގެ ދައުވާ ކުރުމާމެދު ދަނީ މަޝްވަރާކުރަމުން - އާޒިމް
މަލްސާގެ ވާހަކަފުޅުތަކަށް އާޒިމް ވަނީ އިންކާރުކުރައްވާފައި
އާޒިމް ވިދާޅުވީ، އަބުރުގެ ދައުވާ ކުރެއްވުމާމެދު ގޮތެއް ނިންމަވާނީ ލީގަލް ޓީމާ މަޝްވަރާކުރެއްވުމަށްފަހު ކަމަށް
އާޒިމް ވަނީ އެއްވެސް ޚިޔާނާތުގެ އަމަލެއް ނުހިންގާކަމަށް ވިދާޅުވެފައި

ޚިޔާނާތްތެރިވެވަޑައިގަތް ކަމަށް ބުނެ ދޮގު ފަތުރާތީ، އަބުރުގެ ދައުވާ ކުރެއްވުމާމެދު މަޝްވަރާކުރައްވަމުން ދާކަމަށް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ، 1 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާއަށް އާޒިމް ޚިޔާނާތްތެރިވެވަޑައިގެންފައި ވާކަމަށާއި، ޚިޔާނާތުގެ އިތުރު ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވޭކަމަށް ވިދާޅުވެ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްސާ ޝަރީފް ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅިގެންނެވެ.

Advertisement

މަލްސާ ވަނީ، އާޒިމްގެ އިހުމާލުން މަހާޖައްރާފު ރިޕެއަރކުރުން ލަސްވެ، 509،617،500 ރުފިޔާގެ ގެއްލުންވިކަމަށް ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން އެސްޓީއޯގެ އެމްޑީއަކަށް ހުންނެވިއިރު އެސްޓީއޯގެ ބޭސްފިހާރަ ހުޅުވުމުގެ މަރުހަލާގައިވެސް ކޮރަޕްޝަން ހިންގަވާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަލްސާގެ އެ ވާހަކަފުޅުތަކަށް އާޒިމް ވަނީ އިންކާރުކުރައްވާފައެވެ. އާޒިމް ވިދާޅުވީ އެ ފަދަ ބޮޑެތި ދޮގުތައް ހަދަމުން ދަނީ އޭނާގެ އަގު ވައްޓާލުމަށް ކަމަށެވެ. އަދި މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކު އެ ވާހަކަދައްކަވާނީ ސީދާ ރައީސްގެ އޯޑަރަށް ކަަމަށް އާޒިމް ވިދާޅުވިއެވެ.

މުއިއްޒުއާ އޭނާގެ ގުރޫޕަކީ ދޮގުހަދާ ކަމަށް ސާބިތުވެފަ އޮތް ބައެއް ނޫންތޯ؟ އަޅުގަނޑުގެ ފަހަތުން ނޯންނާނެ އެއްވެސް ގޯސްކަމެއް ﷲ އިރާދަކުރެއްވިއްޔާ. ގޯސްކަމެއް ނުކުރާކަން އަޅުގަނޑަށް ޔަގީން. އެހެންވީމަ އަޅުގަނޑު ނުޖެހޭ ނޫންތޯ އެކަމާ ކަންބޮޑުވާކަށް.
އާޒިމް

އާޒިމް ވަނީ އަބުރުގެ ދައުވާ ކުރެއްވުމާމެދު ގޮތެއް ނިންމަވާނީ ލީގަލް ޓީމާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ވިދާޅުވެފައެވެ. އާއްމުންވެސް ވަނީ، އާޒިމާ ދެކޮޅަށް ސާބިތު ނުހިފޭ ތުހުމަތުތަކެއް ކުރާކަމަށް ބުނެ، އެކަމާމެދު ސުވާލު އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް