ކ. މާލެ
|
6 ޖެނުއަރީ 2024 | ހޮނިހިރު 07:38
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ޔޫގެންޑާގައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ޔޫގެންޑާގައި
ރާއްޖެ - ޔޫގެންޑާ
މަޖިލީހުގެ ރައީސް، ޔޫގެންޑާގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އަސްލަމް ޔޫގެންޑާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު
އެ ކޮންފަރެންސުގެ ބައިވެރިންނަށް ޚާއްސަކޮށްގެން ބޭއްވި ޑިނަރ ނައިޓެއްގައިވެސް އަސްލަމް ބައިވެރިވެވަޑައިގަތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ޔޫގެންޑާގެ މަޖިލީހުގެ ރައީސް އަނީތާ އަމޮންގްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އަންގާރަ ދުވަހު އެ ޒިޔާރަތްކުރައްވާފައި ވަނީ، މިހާރު އެމަނިކުފާނު ޔޫގެންޑާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement

އަސްލަމް ޔޫގެންޑާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. އަސްލަމް ޔޫގެންޑާއަށް ވަޑައިގެންފައިވަނީ ކޮމަންވެލްތުގައި ހިމެނޭ، ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އަސްލަމް ވަނީ އެ ކޮންފަރެންސުގެ ޕްލިނަރީ ސެޝަންގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ކޮންފަރެންސުގެ ބައިވެރިންނަށް ޚާއްސަކޮށްގެން ބޭއްވި ޑިނަރ ނައިޓެއްގައިވެސް ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް