ކ. މާލެ
|
20 މެއި 2024 | ހޯމަ 07:16
ވައިސް ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލުކުރެއްވުން
ވައިސް ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލުކުރެއްވުން
ޚަލީޖް ޓައިމްސް
ރައްޔިތުންގެ މަޖިލިސް
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުމާ މެދު ވާހަކަދެއްކެވި

ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، ލީ ޒިއާއޮޝަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުމާއި މެދު ވާހަކަދެއްކެވި ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި އަދި އެއްބާރުލުން ދެއްވުމާއި ގުޅޭގޮތުން ވެސް ވާހަކަދެއްކެވި ކަމަށެވެ. އަދި މަޖިލީހުގެ ކަންކަން ހިނގާ ގޮތް މަޖިލީހުގެ ރައީސް ވަނީ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްއާ ހިއްސާކުރައްވާފައިކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތުދިނެވެ.

- ކޮމެންޓް