ކ. މާލެ
|
6 ޖެނުއަރީ 2024 | ހޮނިހިރު 07:20
މާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި
މާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި
އާލިމް ޢަބްދުއްލަތީފް
ޕާކިންގެ މައްސަލަ
ބައެއް ސަރަހައްދުތަކުގައި ދަތުރުފަތުރަށް ދަތިވާގޮތަށް އުޅަނދުތައް ބަހައްޓާނަމަ ފިޔަވަޅު އަޅަނީ
ފުލުހުން ކުރި އިއުލާނެއްގައި ވަނީ، މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށްވެސް އިލްތިމާސްކޮށްފައި

ބައެއް ސަރަހައްދުތަކުގައި ދަތުރުފަތުރަށް ދަތިވާގޮތަށް އުޅަނދުތައް ބަހައްޓާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ވަނީ މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

Advertisement

ފުލުހުން ވަނީ ގްރީން ޒޯން ސަރަހައްދާއި، ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދު، އަދި ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިން ޒޯންތައް ފިޔަވައި އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް އަންގާފައެވެ. އަދި މާލޭގެ ބާރު ބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކް ނުކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.

ފުލުހުން ބުނެފައިވަނީ އެ ސަރަހައްދުތަކުގައި އާއްމުންގެ ދަތުރުފަތުރަށް ދަތިވާގޮތަށް ހުންނަ އުޅަނދުތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް