ކ. މާލެ
|
4 ޖެނުއަރީ 2024 | ބުރާސްފަތި 18:27
ނިލަންދޫ އެއަރޕޯޓުގެ ސަރވޭއާއި އީއައިއޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ނިލަންދޫ އެއަރޕޯޓުގެ ސަރވޭއާއި އީއައިއޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް
378,000 ރުފިޔާއަށް، ނިލަންދޫ އެއަރޕޯޓުގެ ސަރވޭއާއި އީއައިއޭގެ މަސައްކަތް ކުރަނީ
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު
ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެތެރޭގައި ނިންމާ ގޮތަށް

ފ. ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ސަރވޭއާއި އީއައިއޭގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑާއެވެ.

ބުރާސްފަތި ދުވަހު އެ މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ، 378,000.00 ރުފިޔާއަށެވެ.

Advertisement

ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ސަރވޭއާއި އީއައިއޭގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

މަސައްކަތުގެ ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ތޯއާމްއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ ޒިޔާދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް