ކ. މާލެ
|
29 ޑިސެންބަރ 2023 | ހުކުރު 06:20
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ)
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ)
ރައްޔިތުންގެ މަޖިލިސް
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
ރައްޔިތުން ހޮވީ އެމްޑީޕީގެ މެމްބަރެއް، ދައުރު ނިންމާލާނީ ވެސް އެމްޑީޕީގައި ހުރެގެން: މެންބަރު ޒިޔާދު
އަދި އިިދިކޮޅު ޕާޓީގައި ހުންނެވި ނަމަވެސް، ސަރުކާރުން ކުރާ ރަނގަޅު ކަންކަން ފާހަގަ ކުރައްވައި، ޕާޓީގެ ފަރާތުން ފެންނަ އެންމެ ހިތްޕުޅާ ނުވާ ކަންކަން ވެސް ފާހަގަ ކުރައްވާނެ ކަމަށް ވިދާޅުވި
ޖެއްސުންކޮށް، ސަރުކާރަށް އެއްވެސްކަމެއް ވިޔަ ނުދޭން އެބޭފުޅުން މަސައްކަތް ނުކުރައްވާނެ ކަމަށް މެންބަރު ވިދާޅުވި

މި ސަރުކާރުން ކުރާ ރަނގަޅު ކަންކަމުގައި ސަރުކާރަށް ތާއީދުކުރި ނަމަވެސް، ރައްޔިތުން މަޖިލީހަށް ހޮވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމުން، މަޖިލީހުގެ މި ދައުރު ނިންމާލާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެ އެވެ.

ޒިޔާދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ 13 މެމްބަރަކު ޕާޓީ ދޫކުރައްވައި ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތުމާ ގުޅިގެން، އެކަމަށް އިޝާރަތްކުރައްވައި ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement

އެގޮތުން މެންބަރު ޒިޔާދި ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އެބޭފުޅުން ގަބޫލުކުރާ ހަމަތަކުގެ މަތިން، ރަނގަޅު ގޮތުގައި ކަމުގައިވަނީނަަމަ، ސަރުކާރާ ގުޅުމަކީ ވިސްނާލެވޭނެ ކަމެއް ކަމަށާއި، އެހެން ނަމަވެސް އެއީ ސަރުކާރުގެ ރަނގަޅު މަސައްކަތްތަކަށް ތާއީދުކުރެއްވުމަށް ކަމަށެވެ. ޒިޔާދު ވިދާޅުވީ އެހެން ނަމަވެސް މި ދައުރުގެ މަޖިލީހަށް ރައްޔިތުން އެބޭފުޅާ ހޮވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމުން، ދައުރު ނިންމަވާލަން ބޭނުންފުޅުވަނީ ވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ.

އަޅުގަނޑު އެދުވަހު [މަޖިލީހަށް ހޮވެވަޑައިގެންނެވި ދުވަހު] ވެސް ޢަޒުމް ކަނޑައެޅިން، ރައްޔިތުން އަޅުގަނޑު ހޮވީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި. އެހެންވީމާ އަޅުގަނޑު ސިޔާސީ މި ދައުރު ނިންމާލާނީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

މެންބަރު ވިދާޅުވީ ސަރުކާރާ އިިދިކޮޅު ޕާޓީގައި ހުންނެވި ނަމަވެސް، ސަރުކާރުން ކުރާ ރަނގަޅު ކަންކަން ފާހަގަ ކުރައްވައި، ޕާޓީގެ ފަރާތުން ފެންނަ އެންމެ ހިތްޕުޅާ ނުވާ ކަންކަން ވެސް ފާހަގަ ކުރައްވާނެ ކަމަށެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުން ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމާ އެބޭފުޅާ ދެކޮޅު ހައްދަވާ ކަމަށެވެ. އަދި މެންބަރު ގަބޫލުކުރައްވާ ގޮތުގައި މިހާރު ތިއްބެވި ވަޒީރުންނަކީ ރުހުން ދެވިފައިތިއްބެވި ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

ކުރިން އެ ފާހަގަ ކުރާ ސަރުކާރުން ކުރާ ރަނގަޅުކަންކަން އަޅުގަނޑު ފާހަގަ ކުރާނަން. މިސާލަކަށް ވަޒީރުންނަށް ރުހުން ދިނުން، އަޅުގަނޑު ހަމަމި ކަނޑައެޅިގެން ދެކޮޅު ހަދާ މީހެއް ވަޒީރުންނަށް ރުހުން ދިނުން ލަސްކުރަން. ލަސްވާތީ. އެ ފާސްކުރަން ހުށަހެޅި ވެސް މެ، ވޯޓުވެސް ދިން މީހެއްގެ ހައިސިއްޔަތުން މި ބުނަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަޒީރުންނަށް މިހާރު ރުހުން ދެވިފައި އޮންނަން ޖެހޭނީ
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

މެންބަރު ވިދާޅުވީ ޖެއްސުން ކޮށް، ސަރުކާރަށް އެއްވެސްކަމެއް ވިޔަ ނުދޭން އެބޭފުޅުން މަސައްކަތް ނުކުރައްވާނެ ކަމަށާއި، މަސައްކަތް ކުރައްވާނީ ސަރުކާރުން ކުރާ ރަނގަޅު ކަންކަމުގައި ދޭން ޖެހޭ އެއްބާރުލުން ދޭން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް