ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 11:58
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޝިއުނާ ސޯލިހް
ރައްޔިތުންގެ މަޖިލިސް
މިހިނގާ 3 ވަނަ ދައުރުގެ ފަހު ޖަލްސާ މާދަމާ
28 ޑިސެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި ޖަލްސާ އޮންނާނެ
މި ދައުރު ޑިސެމްބަރު 28ގެ ނިޔަލަށް ދިގުދަންމާލަން ފާސްކުރީ 18 ޑިސެމްބަރު 2023 ގައި އޮތް ޖަލްސާގައި
މި ދައުރުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ނަގަން ބޭނުންވާ ކަމަށް ރިޔާސަތުން ވަނީ ބުނެފައި

ރައްޔިތުންގެ މަޖިލީހުގެ މިހިނގާ 3 ވަނަ ދައުރުގެ ފަހު ޖަލްސާ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މިހިނގާ 3 ވަނަ ދައުރުގެ ފަހު ޖަލްސާ 28 ޑިސެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި އޮންނާނެކަމަށެވެ.

Advertisement

ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުން އާންމުކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ޑިސެމްބަރު 28ގެ ނިޔަލަށް ދިގުދަންމާލަން ފާސްކުރީ 18 ޑިސެމްބަރު 2023 ގައި އޮތް ޖަލްސާގައި މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 64 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެގޮތުން މި ދައުރުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ނަގަން ބޭނުންވާ ކަމަށާއި، އެހެންކަމުން ކޮމިޓީގެ ރިޕޯޓް ނިންމާ މި ދައުރުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމަށް މަސައްކަތް ކުރާނެކަން އެ ދުވަހު މަޖިލީހުގެ ރިޔާސަތުން ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް