Advertisement
ކ. މާލެ
|
26 ޑިސެންބަރ 2023 | އަންގާރަ 22:55
މެންބަރު ޣަފޫރު މޫސާ
މެންބަރު ޣަފޫރު މޫސާ
ރާއްޖެއެމްވީ
މެންބަރު ޣަފޫރު
މެންބަރު ޣަފޫރު ޕީއެންސީއަށް ސޮއިކުރެއްވި ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ޚަބަރެއް
މިފަދަ ވާހަކަތަކެއް ފެތުރެމުންދަނީ އެމްޑީޕީގެ މެންބަރުން، ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވެވަަޑައިގެންފައިވާ ވާހަކަތަކެއް ދެކެވެމުންދާ ވަގުތެއްގައި
އެ ޚަބަރަކީ ދޮގު ޚަބަރެއް ކަމުގައި މެންބަރު ޣަފޫރު ވިދާޅުވި
މެންބަރުު ޣަފޫރު އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއަށް ވަޑައިގެންނެވި ކަމަށް ބުނެ ދޮގު ޚަބަރެއް ފަތުރަމުންދަނީ މީސްމީޑިޔާ މެދުވެރިކޮށް

ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ޣަފޫރު މޫސާ އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއަށް ބަދަލުވެވަޑައިގެންފައި ވާކަމަށް ބުނެ، ފަތުރަމުން ދަނީ ދޮގު ޚަބަރެއްކަން ހާމަވެއްޖެއެވެ.

މެންބަރުު ޣަފޫރު އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއަށް ވަޑައިގެންނެވިކަމަށް ބުނެ ދޮގު ޚަބަރެއް ފަތުރަމުންދަނީ މީސްމީޑިޔާ މެދުވެރިކޮށެވެ. އެގޮތުން މީގެ ކުރިންވެސް މެންބަރު ޣަފޫރު ޕީއެންސީއަށް ވަޑައިގެންނެވި ކަމަށް ބުނެ ދޮގު ވާހަކަތަކެއް ރާއްޖޭގެ ނޫހެއްގައި ޝާއިއުކުރިއެވެ.

މެންބަރު ޣަފޫރު އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ވަޑައިގެންނެވި ވާހަކައަކީ ދޮގެއްކަން އެބޭފުޅާ "ރާއްޖެއެމްވީ"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Advertisement

މެންބަރު ޣަފޫރު އެމްޑީޕީ ދޫކުރެއްވިކަމަށް ބުނެ ވާހަކަތަކެއް ފަތުރަމުން މި ދަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަށް ބޮޑެތި އޮފަރތަކެއް ދީގެން، ސަރުކާރު ހިންގާ މައި ޕާޓީކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ބަދަލުކުރަމުންދާކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީވެސް އެމްޑީޕީ ދޫކުރައްވައި ވަޑައިގަންނަވަން އުޅުއްވާކަމުގެ ވާހަކަތަކެއް ފެތުރުނެވެ. އެހެން ނަމަވެސް އެކަން މެންބަރު ދޮގުކުރެއްވިއެވެ.

އެގޮތުން އެމްޑީޕީގެ ފަސް ވަރަކަށް މެމްބަރުން އެމްޑީޕީން ޕީއެންސީއަށް ގެންދާނެކަމަށާއި، ޕީއެންސީއަށް މިހާރު ބައެއް މެމްބަރުން ސޮއިކުރައްވާފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް