Advertisement
ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 19:34
ފުށިދިއްގަރުފަޅު ހިއްކަންފެށުން
ފުށިދިއްގަރުފަޅު ހިއްކަންފެށުން
ފުށިދިއްގަރު ފަޅު ހިއްކުން
"ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކުރީމޭ ބުނާގޮތަށް، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި"
އެ މަޝްރޫއު ފަށާފައިވަނީ އެ ފަޅު ހިއްކުމަށް ބަޖެޓު ކުރި 400 މިލިއަން ރުފިޔާ، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން އުނިކޮށް އެ ބަޖެޓު މަޖިލީހުން ފާސްކުރި ފަހުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމަކީ ކަމެއް "ކުރީމޭ" ބުނުމުގެ ނަމުގައި އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި ހިންގާ މަޝްރޫއެއް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު މިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު، އެ މަޝްރޫއު ފަށާފައިވަނީ އެ ފަޅު ހިއްކުމަށް ބަޖެޓު ކުރި 400 މިލިއަން ރުފިޔާ، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން އުނިކޮށް އެ ބަޖެޓު މަޖިލީހުން ފާސްކުރި ފަހުންނެވެ.

އެއާއެކު އެ މަޝްރޫއު ހިއްކުމުގެ މަސައްކަތް ފެށި އިރު، އެ މަސައްކަތް ފަށާފައިވަނީ އާބަންކޯ އިން ހިންގާ މަޝްރޫއެއްގެ ގޮތުގައި އެވެ. އެހެން ނަމަވެސް އެ މަސައްކަތަށް އާބަންކޯ އިން ފައިނޭންސް ހޯދާ ގޮތުގެ މައުލޫމާތެއް އަދި އެ މަސައްކަތް ކުރިއަށް ގެންދަން ހަވާލުކުރި ފަރާތުގެ މައުލޫމާތެއް ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ބުދަ ދުވަހު އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ ފަރާތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ބެޖެޓު ދިރާސާކުރުމުގެ ތެރޭގައި ބަޖެޓުން އުނިކޮށް، އޭގެ ތެރެއިން 200 މިލިއަން ރުފިޔާ އެހެނިހެން ކަންކަމަށް ޚަރަދުކުރުމަށް ފާސްކުރެވުނު ބަޖެޓުގައި ހިމެނި ކަމެއް ކަމަށެވެ.

Advertisement

އެގޮތުން މެންބަރު ވިދާޅުވީ ގިރާވަރު، ގުޅީފަޅު އަދި ހުޅުމާލޭގައި އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް އެ ފައިސާގެ ތެރެއިން ބައެއް ފައިސާ ހަމަޖެއްސުނީ މިހާރު ވެސް ދީފައި ހުރި ގޯތިތަކުގައި މީހުންނަށް ދިރިއުޅެވޭނެ އަވަސް ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ. އަދި ބާކީ ހުރި ފައިސާ ރާއްޖޭގެ ތަރައްގީގެ އުމްރާނީ އެހެނިހެން ކަންކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ އެއާއެކު ވެސް ފުށިދިއްގަރު ފަޅު މިހާރު ހިއްކަމުންދަނީ ދައުލަތުގެ ބަޖެޓުގެ ތެރެއިންނެއް ނޫން ކަމަށާއި، އެކަމަކީ އާބަންކޯ އިން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށެވެ.

އެގޮތުން އެ މަޝްރޫއު ހިންގަމުންދާ ގޮތާ މެދު ފާޑު ވިދާޅުވަމުން މެންބަރު ވިދާޅުވީ މިހާރު އެ މަސައްކަތް ކުރެވެނީ ކަމެއް ކުރީމޭ ބުނުމުގެ ނިޔަތުގައި، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

"ފުށިދިއްގަރު ފަޅު ތަރައްގީކުރަމުން އެ ގެންދަނީ ބަޖެޓުގެ ތެރެއަކުންނެއް ނޫން. މިހާރު އެ މަސައްކަތް އެ ހިންގަވަނީ އާބަންކޯ އިން ކުރައްވާ މަސައްކަތެއްގެ ގޮތުގައި ހަމަ ކުރަން ބޭނުންވެގެން، ކުރީމޭ ބުނަން ކުރާ މަސައްކަތެއްގެ ގޮތުގައި އެއްވެސް އުސޫލެއް ހަމައަކަށް ބެއްލެވުމެއް ނެތި،"

ފުށިދިއްގަރު ފަޅު ތަރައްގީކުރަމުން އެ ގެންދަނީ ބަޖެޓުގެ ތެރެއަކުންނެއް ނޫން. މިހާރު އެ މަސައްކަތް އެ ހިންގަވަނީ އާބަންކޯ އިން ކުރައްވާ މަސައްކަތެއްގެ ގޮތުގައި ހަމަ ކުރަން ބޭނުންވެގެން، ކުރީމޭ ބުނަން ކުރާ މަސައްކަތެއްގެ ގޮތުގައި އެއްވެސް އުސޫލެއް ހަމައަކަށް ބެއްލެވުމެއް ނެތި،
އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)

މެންބަރު ވިދާޅުވީ އެބޭފުޅާއަށް މައުލޫމާތު ލިބިވަޑައިގެންނެވި ގޮތުގައި، އެ ފަޅު ހިއްކުމުގައި ގެންގުޅުނު ޑްރެޖަރު ވެސް އެ ސަރަހައްދުގައި މިހާރު ނެތެވެ. އަދި އެ މަސައްކަތުން ރައީސް މުއިއްޒު ކުރައްވާފައިވަނީ ކުރަންޖެހޭ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް