ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 20:52
ހުޅުމާލެ ފޭސް1
ހުޅުމާލެ ފޭސް1
ރާއްޖެއެމްވީ
ހުޅުމާލޭގައި މާރާމާރީއެއް ހިންގުން
ދަރިފުޅަކު މަންމައަށް ހަމަލާދީ ޒަހަމްކޮށްލައިފި
ހަމަލާދީފައިވަނީ 51 އަހަރުގެ މީހަކަށް
އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދެމުން އަންނައިރު ހާލު ސީރިއަސް

ހުޅުމާލެ ފޭސް 1 ގައި ދަރިފުޅަކު މަންމަ އަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދީފައިވާ މައްސަލައެއް ހޯމަ ދުވަހުގެ އިރުއޮއްސި 6:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަނިޔާވެފައިވާ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

އެއީ 51 އަހަރުގެ ދިވެހި އަންހެނެއްކަމަށާއި އެމީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

Advertisement

ހަމަލާދީފައިވަނީ އާއިލީ މައްސަލައެއްގައި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް