ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 10:03
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު
ޕީޖީ އޮފީސް
ޖޭއެސްސީ
ޖޭއެސްސީގެ ނައިބްރައީސަކަށް ޝުޖޫން
ޝުޖޫން އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ އާދިއްތަ ދުވަހު މެމްބަރުންގެ ތެރޭގައި ނެގުނު ވޯޓުގެ އަޢުލަބިއްޔަތުން
ޝުޖޫންއަކީ ރާއްޖޭގައި އައްޔަންކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެއް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބްރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު އައްޔަނު ކުރައްވައިފިއެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލު ރާއްޖެއެމްވީއަށް ވިދާޅުވީ، ޝުޖޫން އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ އާދިއްތަ ދުވަހު މެމްބަރުންގެ ތެރޭގައި ނެގުނު ވޯޓުގެ އަޢުލަބިއްޔަތުންކަމަށެވެ.

Advertisement

އެ މަޤާމުގައި ކުރިން ހުންނެވީ ޖޭއެސްސީގެ ކުރީގެ މެމްބަރު މަސްތޫރު ހުސްނީއެވެ.

ޝުޖޫންއަކީ ރާއްޖޭގައި އައްޔަންކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާއެކު ޝުޖޫން ވެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓަށް އައްޔަނު ކުރެވުނު ފުރަތަމަ ދެ އަންހެން ފަނޑިޔާރުންގެ ތެރޭގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް