ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 19:06
ޖޭއެސްސީއަށް ބަންޑާރަ ނައިބު އައްޔަންކުރައްވާ ފަތްކޮޅު ހަވާލުކޮށްދެއްވަނީ
ޖޭއެސްސީއަށް ބަންޑާރަ ނައިބު އައްޔަންކުރައްވާ ފަތްކޮޅު ހަވާލުކޮށްދެއްވަނީ
ރައީސް އޮފީސް
އިސްރާއީލް ޕާސްޕޯޓު
"އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ބާރު ރައީސްއަށް ނެތް ކަމަށް ބުނީ ބަންޑާރަނައިބުގެ ލަފާގެ މަތިން"
ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މަސައްކަތްތައް ކަމާބޭހޭ އިދާރާތަކުން ކުރަމުންދާ ކަމަށް ސަރުކާރުން ބުނޭ
އިސްރާއީލް ރައްޔިތުންގެ ޕާސްޕޯޓު މަނާކުރަން އެދި އާއްމުން ދަނީ އަޑު އުފުލަމުން

އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ބާރު ރައީސްއަށް ނެތް ކަމަށް ސަރުކާރުން ބުނީ ބަންޑާރަނައިބުގެ ލަފާގެ މަތިންކަމަށް ސަރުކާރުން ބުނެފިއެވެ.

އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ނިމިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުން ވަނީ ބުނެފައެވެ. ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުން ވަނީ އެ މަސައްކަތް ކުރެވޭނީ މަޖިލީހަށް ކަމަށް ވެސް ބުނެފައެވެ. ނަމަވެސް ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު ގެ ފަސް ވަނަ މާއްދާގެ އ. އަދި ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދުގެ ތިންވަނަ މާއްދާގެ އ. ގައި ބުނާ ގޮތުން އެ ބާރު ސަރުކާރަށް އެބަ އޮތް ކަމަށް ޤާނޫނީ ބޭފުޅުން އިއްތިފާގުވެލައްވައެވެ.

"ދިވެހި ސަރުކާރުން އެ ގައުމެއްގެ މީހަކު ރާއްޖެ އެތެރެވުން މަނާކުރެވިފައިވާ ގައުމެއްގެ މީހަކު ނުވަތަ ބަޔަކު ކަމުގައިވުން" މި ބައިގައި ސަރުކާރުން ވަކި ގައުމެއްގެ މީހުން ރާއްޖެ އެތެރެވުން މަނާކުރާނެ ވަކި ގޮތެއް ކަނޑައެޅިފައެއް ނެތެވެ. އެހެންކަމުން އެ ޤާނޫނުގެ ދަށުން ރާއްޖެ އަށް އިސްރާއީލް މީހުން ރާއްޖެ އައުން ރައީސަށް ލިބިގެންވާ ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ރައީސް އޮފީހުގެ ސްޕޯކްސް ޕަރސަން މުހައްމަދު ޝަހީބް ވިދާޅުވީ ބަންޑާރަނައިބު އަހުމަދު އުޝާމްގެ ލަފާފުޅަކީ އެ ބާރު ރައީސަށް ލިބިގެން ނުވާ ކަމަށެވެ.

Advertisement

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން އިސްރާއީލް ރައްޔިތުންގެ ޕާސްޕޯޓު މަނާކުރަން އެދި އާންމުން ދަނީ އަޑު އުފުލަމުންނެވެ. އަދި އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ނޮވެމްބަރު 16، ގައި ރައީސަށް ސިޓީއެއް ވެސް ފޮނުއްވާފައިވެއެވެ. މީގެ ކުރިން ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ، ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މަސައްކަތްތައް ކަމާބޭހޭ އިދާރާތަކުން ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް