Advertisement
ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 12:25
އދ ދިގުރަށް
އދ ދިގުރަށް
ވިޒިޓް މޯލްޑިވްސް
ފުލުހުންގެ ތަހުގީގު
ދިގުރަށުގައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލައިފި
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކުއްޖާގެ މަންމަ
ކުއްޖާ ފެނުނު އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދޭ

އދ ދިގުރަށުގައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލައިފިއެވެ.

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ޙަރަކާތްތެރިވެފައިވާއިރު، ރަށުން މައުލޫމާތު ދިން މީހަކު ކިޔާދިން ގޮތުގައި އެކުއްޖާ ފެނިފައިވަނީ ގޮނޑަށް ގޮސް، ކުނި ވަކިކުުރުމުގެ ތެރޭގައި އުޅުނު ބަޔަކަށެވެ. ކުއްޖާ އޮތީ 3 ކަޅު ކޮތަޅަށް ލާފައިކަމަށް އެ ރަށުން މީހަކު ރާއްޖެއެމްވީއަށް ކިޔާދިނެވެ.

ކުއްޖާ ފެނުނު އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ހުކުރު ދުވަހު އިންޑިއާއަށް ފޮނުވާލާފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކުއްޖާގެ މަންމައެވެ. ސްރީލަންކާއަށް ނިސްބަތްވާ އެ އަންހެން މީހާ ހައްޔަރު ކުރީ ލަންކާއަށް ދިއުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް