Advertisement
ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 14:31
ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓް އެމްޓީސީސީއާ ޙަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓް އެމްޓީސީސީއާ ޙަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕްލޭނިން މިނިސްޓްރީ
ދިގުރަށު ގޮނޑުދޮށް ހިމާޔަތްކުރުން
ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފި
މި މަސައްކަތް ނިންމުމަށް ދީފައިވަނީ 150 ދުވަހުގެ މުއްދަތެއް
ރަށުގެ އުތުރުފަރާތުގައި 127 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް ޤާއިމު ކުރާނެ

ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ޙަވާލުކޮށްފައިވަނީ 12 މިލިއަން ރުފިޔާގެ އަގަކަށެވެ.

މި މަޝްރޫއުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ.

މި މަސައްކަތް ނިންމުމަށް ދީފައިވަނީ 150 ދުވަހުގެ މުއްދަތެކެވެ.

Advertisement

މި މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ހިމެނެނީ ރަށުގެ އުތުރުފަރާތުގައި 127 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް ޤާއިމު ކުރުމާއި، ބެކްފިލް ކުރުމާއި، 15 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޤާއިމު ކުރުމެވެ.

އަދި ރަށުގެ އިރުމަތީ ފަރާތުގައި 420 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ޖައްސައި، އެ ސަރަޙައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުންވެސް ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި ފާހަގަކުރެވިފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް