ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 08:07
ފުލުހުން
ފުލުހުން
ޕޮލިސް
ޕޮލިސް ކޮމިޝަނަރުކަން
ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރީގެ ސީޕީ މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ރިޓަޔަރކުރެއްވުމުން
އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް
މަޤާމަށް ބޭފުޅަކު އައްޔަންކުރަނީ ޕޮލިސް ބޯޑުން މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފަޔާއި އެކު ރައީސުލްޖުމްހޫރިއްޔާ

ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ ފުރުސަތު ހުޅުވާލާ އެ މިނިސްޓްރީން އިއުލާނެއްގައި ބުނީ، އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ކަމަށާއި އެ ހުށަހެޅުން މިނިސްޓްރީން ބަލައިގަންނާނެ ކަމަށެވެ.

Advertisement

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން، ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަން ކުރަންޖެހޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކުރުމަށް ފަހުގައެވެ. އަދި އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަނީ ޕޮލިސް ބޯޑުން މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފަޔާއި އެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރީގެ ސީޕީ މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ރިޓަޔަރކުރެއްވުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް