ކ. މާލެ
|
13 ޑިސެންބަރ 2023 | ބުދަ 12:51
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާއާއި ކުންފުނީގެ އިސްވެރިން ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވަނީ
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާއާއި ކުންފުނީގެ އިސްވެރިން ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލިސް
އާސަންދަ ސްކީމް
އާންމުންގެ އަތުން ފީއެއް ނުނަގައި އާސަންދައިގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ނުދެވޭނެ: އާސަންދަ
އާސަންދައަށް ގެންނަންޖެހޭ ބަދަލުތައް ގެންނަނީ އެންސްޕާގެ އެންގުމުގެ މަތިން
ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ އަތުން "ކޯޕޭމަންޓެއް" ނަގަންޖެހޭނެކަމަށް

އާންމުންގެ އަތުން ފީއެއް ނުނަގައި އާސަންދައިގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްނުދެވޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން އެހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމިޓީގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައަށް ގެންނަންޖެހޭ ބަދަލުތައް ގެންނަނީ އެންސްޕާގެ އެންގުމުގެ މަތިން ކަމަށެވެ. އެގޮތުން އާސަންދައިގެ ސްކީމަށް ގެންނަންޖެހޭ ބަދަލުތަކަކީ އެގޮތުގެ މަތިން ގެނެވޭ ބަދަލުތަކެއްކަން ފާހަގަ ކުރައްވައި ޒީނިޔާ ވިދާޅުވީ، އާސަންދައަށް އަމިއްލައަށް އެ ބަދަލުތައް ނުގެނެވޭކަމަށެވެ.

Advertisement

ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ އަތުން "ކޯޕޭމަންޓެއް" ނަގަންޖެހޭނެކަމަށެވެ. އެހެން ނޫންނަމަ މި ނިޒާމު އެންމެ ރަނގަޅަށް ދެމެހެއްޓިދާނެކަމަށް ޤަބޫލު ނުކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒީނިޔާ އިތުރަށް ވިދާޅުވީ، އާސަންދަ ސްކީމްގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭހަށްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް