ކ. މާލެ
|
8 ޑިސެންބަރ 2023 | ހުކުރު 08:07
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
ރާއްޖެއެމްވީ
ކުށުގެ ރެކޯޑް ސާފުކުރުން
ފުނިޖެހުނު ކުށުގެ ރެކޯޑު ސާފުކޮށްދިނުން ޢާންމު ޙާލަތަށް
މި ހަފްތާގައި ޖުމްލަ 6062 ކުށުގެ ރެކޯޑު ސާފުކޮށްދެވިފައިވޭ

މި ހަފްތާގައި ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ މަސައްކަތް ފުނިޖެހިފައި އޮތުމަށްފަހު، ހަފްތާ ނިމުނު އިރު، ހުރިހާ ރެކޯޑެއް ސާފުކޮށްދީ ނިމިފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ ކުރިއެކޭވެސް އެއްގޮތަށް، ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ މަސައްކަތް ދެން ކުރިއަށްދާނެއެވެ. އެގޮތުން މި ހަފްތާގައި ކުރެވުނު ތަޖުރިބާގެ އަލީގައި، އޮޓޮމެޓިކުން ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ނިޒާމު ފައްކާކުރެވި، މަސައްކަތްކުރާ ގޮތް ހެދިފައިވުމަކީ އެ ނިޒާމަށް އިތުރު ހަރުދަނާކަމަކާއި ހަލުވިކަމެއް ގެނުވި ކަމެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

Advertisement

އަދި ކުރިއަށް އޮތްތަނުގައި ކުއްލިއަކަށް ގިނަ އަދަދެއްގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފިނަމަ ޚިދުމަތަށް ބުރޫނާރާނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ. މި ހަފްތާގައި އޮންލައިން ޕޯޓަލުން 5826 ހުށަހެޅުމާއި އީމެއިލުންނާއި ފޯމުން 236 ހުށަހެޅުމާއެކު، ޖުމްލަ 6062 ކުށުގެ ރެކޯޑު ސާފުކޮށްދެވިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި މިއީ ހަފްތާއެއްގައި ސާފުކޮށްދެވުނު އެންމެ ގިނަ އަދަދު ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި ޢާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި ސާފުކޮށްދެއެވެ. ނަމަވެސް، ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން، އެ ނިޒާމު މިވަގުތު އޮތީ ތޮއްޖެހި، އެ އޮފީހުން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކަށް ވެސް ބުރޫއެރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް