ޣައްޒާގެ ދެކުނުގައި ބަރުހަތިޔާރާއެކު ޚާން ޔުނިސް ސިޓީ ވަށައިގެން އިސްރާއީލްގެ ނިރުބަވެރިން ހަރަކާތްތެރިވަމުންދާކާމަށް، އިސްރާއީލުގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު ވިދާޅުވެއްޖެ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ހަރްޒީ ހަލެވީ އަންގާރަ ދުވަހު ވިދާޅުވީ ހަނގުރާމަ ފެށިތާ 60 ދުވަސް ފަހުން މިހާރު އިސްރާއީލްގެ ސިފައިން ދަނީ ޣައްޒާގެ ދެކުނުގައި ވާ ޚާން ޔޫނިސް ސަރަހައްދު ވަށާލަމުން ކަމަށެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލުން ކުރިއަށް ގެންދާ އެއްގަމު ހަމަލާގެ ކުރިއަށް އޮތް މަރުހަލާ އިއުލާނު ކުރައްވަމުން ޓައިމްސް އޮފް އިސްރާއީލް ނޫހުގައި ބުނެފައި ވަނީ ޣައްޒާގެ އުތުރުގައި ހަމާސްގެ ގިނަ ބާރުތަކެއް ހިމާޔަތްކޮށްފައިވާ ކަމަށާއި މިހާރު ހަރަކާތްތެރިވަނީ ދެކުނުގައި ހަމާސްގެ ބާރުތަކާ ދެކޮޅަށް ކަމަށެވެ.
އައިޑީއެފް [އިސްރާއީލުގެ އަސްކަރިއްޔާއަށް] ހަނގުރާމަ އަލުން ފަށާނެ ގޮތެއް ނޭނގޭނެ ކަމަށް ހީކުރި ކޮންމެ މީހަކު ވެސް އެހުރީ އޮޅުމެއްގެ ތެރޭގައިޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ހަރްޒީ ހަލެވީ
މެދުކަނޑާލެވިފައިވާ ހަމަލާތައް އަލުން ހުކުރު ދުވަހު ފަށާފައިވާއިރު، ޖެނެރަލް ހަރްޒީ ވިދާޅުވީ ދެފަރާތުން ވެވުނު ވަގުތީ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގަގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ މީހުންނާއި ހަމާސްއިން ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލުގެ މީހުން މިނިވަން ކުރުމުގެ މަގު ފަހިވި ނަމަވެސް ހަނގުރާމަ ހުއްޓާލެވެން ނެތްކަމަށެވެ.
އަނެއްކޮޅުން ހަމާސްގެ އިސްލީޑަރެއް ކަމުގައިވާ އުސާމާ ހަމްދާން ވިދާޅުވީ އިސްރާއީލުގެ ހަމަލާތައް ނިމުމަކަށް އައުމުގެ ކުރިން "އެއްވެސް މަޝްވަރާއެއް ނުވަތަ ގައިދީއެއް މިނިވަން ކުރުމެއް ނޯންނާނެ" ކަމަށެވެ.
ބެއިރޫތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ ޣައްޒާގައި ތިބި އިސްރާއީލުގެ ގައިދީންގެ ފުރާނައަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޒިންމާވާން ޖެހޭ ކަމަށާއި އޭނާގެ ހަގީގީ މަގުސަދަކީ "ފަލަސްތީނުގެ ރައްޔިތުން ނައްތާލުން" ކަމަށެވެ.
ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ޤަސަމް ބްރިގޭޑުން ބުނީ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއާ ދެކޮޅަށް ފަލަސްތީނުގެ ހުރިހާ ސަރަހައްދެއްގައި ހަނގުރާމަ ކުރަމުން އަންނަ ކަމަށެވެ.
އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚާން ޔުނިސްގައި އަސްކަރިއްޔާގެ 24 ވެހިކަލެއް ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އެ ޖަމާއަތުގެ ސްނައިޕަރުން އިސްރާއީލު ސިފައިންގެ އަށް މީހަކު މަރާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޣައްޒާގެ އުތުރުން ފަލަސްތީނުގެ އެއް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން 24 ގަޑިއިރުގެ ނޯޓިސްގައި ޣައްޒާގެ ރައްޔިތުން ދެކުނުން ހުސްކުރުމަށް އެންގުމުންނެވެ.
ހަމަލާތައް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމަށް ހަފުތާއެއްވެ އެ މުއްދަތު ހަމަވުމުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ދެކުނުން ފަލަސްތީނު މީހުން ބޭރުކުރުމަށް އަންގާފައެވެ.
ޚާން ޔުނިސްގެ އާއިލާތައް އަނެއްކާވެސް ، މިސްރުގެ ބޯޑަރުގައި އޮންނަ އަވަށެއް ކަމަށްވާ ރަފާއަށް ދަތުރުކުރަމުން ދިޔައެވެ. އަލްޖަޒީރާގެ ތާރިގު އަބޫ އައްޒޫމް، ރަފާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ސަރަޙައްދު މިހާރުވެސް އޮތީ ތޮއްޖެހިފައެވެ. އެހެންނަމަވެސް އެސަރަޙައްދުގައި ކޭމްޖަހައިގެން ތިބި މީހުންނަށް ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް އައްޒޫމް ވަނީ ރިޕޯޓްކޮށްފައެވެ.
ރަފާހަކީ މިވަގުތު ފަލަސްތީނަށް ދޫކޮށްފައިއޮތް ހަމައެކަނި ސަރަޙައްދު، އެކަމަކު މި ސަރަހައްދުގައި ވެސް ބޮމުގެ ހަމަލާތައް ކުރިއަށް އެބަދޭތާރިގު އަބޫ އައްޒޫމް / އަލްޖަޒީރާގެ ރިޕޯޓަރު
ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޗަޑް ޕީޕަރކޯން ޣައްޒާއިން ވީޑިއޯ ލިންކް މެދުވެރިކޮށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ގަޑިން ގަޑިއަށް ހާލަތު ގޯސްވަމުން އަންނަ" ކަމަށެވެ.
ޕީޕަރކޯން ވިދާޅުވީ، ދެކުނުގެ ސަރަޙައްދުތަކާއި، ޚާން ޔުނިސް އަދި ރަފާގައިވެސް ބޮމުގެ ހަމަލާތައް ދަނީ ވަރުގަދަކުރަމުން ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ތަކުރާރުކޮށް އިންޒާރު ދެމުން ދަނީ ވައިގެ ހަމަލާތަކަށް ވުރެ ބަލި ފެތުރުމުގެ މައްސަލަ އިތުރަށް ނުރައްކާތެރިވެދާނެ ކަމަށެވެ. ބަލިތައް ކޮންޓްރޯލްކުރުމުގެ ނިޒާމުތަކަށް ހުރަސް އެޅޭއިރު، ނޭވާލާ ނިޒާމުގެ އެކިއުޓް އިންފެކްޝަންތަކާއި، ސްކޭބީސް އަދި ޑައިރިއާ ފަދަ ގައިންގަޔަށް އަރާ ބަލިތައް އިތުރުވަމުންދާކަން އދ.ގެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.
ޣައްޒާގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ)ގެ ޑިރެކްޓަރު ތޯމަސް ވައިޓް ވިދާޅުވީ އެތާންގެ ހާލަތު އޮތްގޮތުން އެ އެޖެންސީއަށް އެހީތެރިކަން ފޯރުކޮށްދެވެން ނެތް ކަމަށެވެ.
ވައިޓް ވިދާޅުވީ ރަފާހަކީ އާންމުގޮތެއްގައި 280،000 މީހުންގެ އާބާދީއެއް އޮންނަ ރަށެއް ކަމަށާއި މިހާރުވެސް ގާތްގަނޑަކަށް (ގެދޮރުނެތް) 470،000 މީހުން ތިބުމަކީ އެސަރަޙައްދުގެ އާބާދީ ދެގުނައަށް އިތުރުވެގެން ދާނެ ކަމެއް ކަމަށެވެ.
ޔޫއެންއާރްޑަބްލިއުއޭގެ މަންދޫބެއް ކަމަށްވާ އަދުނާން އަބޫ ހަސްނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގެ އެންމެ ދެކުނުގެ ސިޓީއަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން އަންނާނެ ކަމަށް އެ އެޖެންސީން ލަފާކުރާ ކަމަށެވެ.
އެތައް ހާސް އާއިލާއެއް މަގުމަތީގައި އެބަތިއްބެވެ. އެއުރެން މިހާރުވެސް ތިބީ ރޭންޑަމް އެއްޗެހީގެ ދަށުގައެވެ. ނައިލޯން އާއި ލަކުޑިތައް. މިހާރު ވާރޭ ވެހެނީ. އެ ކާރިސާ އަޅުގަނޑުމެންނަށް ފެނޭ.އަދުނާން އަބޫ ހަސްނާ / ޔޫއެންއާރްޑަބްލިއުއޭގެ މަންދޫބު
ރަފާ ބޯޑަރު ހުރަސްކޮށް ދުވާލެއްގެ މައްޗަށް ޣައްޒާއަށް އެތެރެވާ ގާތްގަނޑަކަށް 50-70 އާ ދެމެދުގެ އެހީގެ ޓްރަކްތައް ގެދޮރު ގެއްލިފައިވާ މީހުންގެ ބޭނުންތައް ފުއްދުމާ ގާތަށްވެސް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި އަންގާރަ ދުވަހު ފެށި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ 44 ވަނަ ސަމިޓުގައި ގަތަރުގެ އަމީރު ވިދާޅުވީ ޣައްޒާގައި ކުށެއް ނެތް ފަލަސްތީނު މީހުން މަރުވުމަކީ "އިސްރާއީލުން ހިންގި ޖަރީމާއެއް" ކަމަށެވެ.
މި ބޮޑު ޖަރީމާ ކުރިއަށް ގެންދަން ފުރުސަތު ދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ލިބޭ ނިކަމެތިކަމެއް. ކުށެއް ނެތް ހަތިޔާރު ނެތް އާންމުން މެރުމަކީ ޖަރީމާއެއްޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ / ގަތަރުގެ އަމީރު