Advertisement
ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 19:31
ޕްރޮސިކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމް
މަޖިލިސް
ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތް
ޕީޖީގެ ވާދައިގެ ތައްޓަށް ބާއްވާ، ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތުގައި 180އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ
އަތުން ލިޔުމަށްފަހު، ފޮޓޯއެއް ނަގައި، ވެބްސައިޓަށް އަޕްލޯޑުކުރުމުން، މުބާރާތުގައި ބައިވެރިވެވޭނެ
ސިޓީ ލިޔަންޖެހޭނީ އަތުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ، ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 180އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ މުބާރާތުގައި ގިނަ އަދަދެއްގެ ސްކޫލްތަކާއި ކުންފުނިތައް ތަމްސީލުކުރާ މީހުން ބައިވެރިވާން ރަޖިސްޓަރީކޮށްފައި ވާކަމަށާއި މުބާރާތަށް ހީކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ.  

Advertisement

މުބާރާތުގައި ބައިވެރިވި މީހުންނަށް، އެމީހަކު ލިޔަންޖެހޭ ސިޓީގެ ނޯޓެއް، އޮންލައިން ޕޯޓަލްގެ ތެރެއިން ފެންނާނެއެވެ. ސިޓީ ލިޔަންޖެހޭނީ އަތުންނެވެ. އަތުން ލިޔުމަށްފަހު، ފޮޓޯއެއް ނަގައި، ވެބްސައިޓަށް އަޕްލޯޑުކުރުމުން، މުބާރާތުގައި ބައިވެރިވެވޭނެއެވެ.

ސިޓީ ފޮނުވުމުގެ މުއްދަތު ހަމަވާނީ، 10 ޑިސެމްބަރު 2023 ދުވަހުގެ މެންދުރު 14:00 އަށެވެ. ޕީޖީ އޮފީހުން ބުނީ މުބާރާތުގެ މަގުސަދަކީ، ދިވެހި ބަހުން ސާފުކޮށް، މޮޅަށް ސިޓީ އިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަގާފަތެއް އުފެއްދުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް