ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 13:31
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލިސް
ދީފައިވާ ގޯއްޗާއި ފްލެޓްތަކުގެ މައްސަލަ
ވެރިކަން ދިނީމަ މި ސަރުކާރަށް ހީވަނީ ގައުމުގެ ތަޅުދަނޑި ލިބުނުހެން، މަޖިލީހުގެ މެޖޯރިޓީ ނެތްކަން އެއީ ނަސީބު - ރޮޒައިނާ
މިކަމުގެ ސަބަބުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދިނުމަށް އާއްމުން އެދެމުންދާ ކަމަށް ވިދާޅުވި
ސަރުކާރާއި ސަރުކާރުގެ މިނިސްޓަރުން 'ލާހޫރުމަކީ' އެމްޑީޕީގެ މައްސަލައެއް ނޫން ކަމަށް ވިދާޅުވި
ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަ، އާއްމުންނަށް ކުރީ ސަރުކާރުން ދީފައިވާ ގޯތިތަކާއި ފްލެޓުތައް އަތުލާނެ ކަމަށް ރޮޒައިނާ ވިދާޅުވި

ވެރިކަން ލިބުމުން މި ސަރުކާރަށް ހީވަނީ ގައުމުގެ ތަޅުދަނޑި ލިބުނުހެން ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތްކަން އެއީ ނަސީބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަ، އާއްމުންނަށް ކުރީ ސަރުކާރުން ދީފައިވާ ގޯތިތަކާއި ފްލެޓުތައް އަތުލާނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ އޮތުން އެއީ ނަސީބެއް ކަަމަށް އޭނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ ސަރުކާރާއި ސަރުކާރުގެ މިނިސްޓަރުން 'ލާހޫރުމަކީ' އެމްޑީޕީގެ މައްސަލައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ އަތުން ފޭރެމުންދާއިރު، މަޑުން ނުތިއްބަވާނެ ކަމަށެވެ.

Advertisement

އެއްދުވަހު މި ސަރުކާރުން ދައްކާ ވާހަކައަކާއި އަނެއް ދުވަހު ދައްކާ ވާހަކަ ދިމާނުވާ ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދިނުމަށް އާއްމުން އެދެމުންދާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. ސަރުކާރުން ބޭނުންހާ ކަމެއް ބޭނުން އިރަކު ކުރާ ކަމަށް ފާހަގަކުރައްވާ، ރޮޒައިނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމާ ހަވާލުވުމަށް ފަހު، ކުރީ ސަރުކާރުން ކޮށްފައި ހުންނަ ކަންތައްތައް އެއްފުށުން އަނެއް ފުށަށް ޖަހަމުން ދިއުމަކީ އާއްމުންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ވަނީ ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު ވެސް ސުވާލު އުފައްދަވާފައެވެ. ރޮޒައިނާގެ އިތުރުން މަޖިލީހުގައި ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ އެހެނިހެން މެންބަރުން ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް