ކ. މާލެ
|
25 ނޮވެންބަރ 2023 | ހޮނިހިރު 12:52
ޕީޕީއެމްގެ އޮފީހުގައި ޔާމީން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޕީޕީއެމްގެ އޮފީހުގައި ޔާމީން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެކްސް/މިބޫއެމްވީ
ޕީޕީއެމް އޮފީސް އިމާރާތް ހުސްކުރަން އެންގުން
ޕީޕީއެމް އޮފީސް ހިންގާ އިމާރާތް ހުސްކުރަން އަންގައިފި
އޮފީސް ހުސްކުރުމަށް އެންގީ ހުކުރު ދުވަހު
ޕީޕީއެމް އޮފީސް ހިންގަމުން އައި އިމާރާތް ހަދާނީ ޔާމީން އުފައްދަވާ ޕާޓީގެ އޮފީހަށް
ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފައްޓަވާފައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ހިންގާ އިމާރާތް ހުސްކުރަން އެ ގޭގެ ވެރިފަރާތުން ޕާޓީއަށް އަންގައިފިއެވެ.

އެޕާޓީއަށް މި އެންގުން އަންގާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ޕީޕީއެމް އޮފީސް ހުސްކުރަން އަންގާފައި މި ވަނީ، އެ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަކިވެވަޑައިގެންނެވުމަށްފަހު، އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި ބުނެފައިވަނީ އެއް ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށެވެ.

Advertisement

އެ ސިޓީގައި ބުނެފައި ވަނީ ހ. ހުރަފަ, ގްރައުންޑް ފްލޯރއާއި ފުރަތަަމަ ފަންގިފިލާ ކުއްޔަށް ދޫކުރީ "ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށް" ކަމަށެވެ. އަދި ކުއްޔަށް ދޫކުރެެވިފައިވާ ތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައި، 24 ނޮވެންބަރު 2023ގެ މެންދުރުގެ ކުރިން ތަން ހުސްކޮށް ދިނުމަށް ސިޓީގައި ބުނެފައިވެއެވެ.

ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ޕީޕީއެމް އޮފީސް ހިންގަމުން އައި އިމާރާތް ހަދާނީ ޔާމީން އުފައްދަވާ ޕާޓީގެ އޮފީހަށް ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މަލީހު ވިދާޅުވިއެވެ.

ޔާމީނަށް ޕީޕީއެމް ދޫކުރައްވަން ޖެހިވަޑައިގެންނެވީ، ވެރިކަމަށް އިންތިޚާބު ވެވަޑައިގަތް ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔާމީން ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވުމާއެކު، ޕީޕީއެމްގެ ލީޑަރޝިޕުން އެމަނިކުފާނު އެކަހެރިކޮށްލުމުން ކަމަށް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ ލެގަސީގައި ނަމަވެސް، ހުވާކުރެއްވިފަހުން ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަމަށް ލީޑަރޝިޕްގައި މަސައްކަތްކުރައްވާ އިސް ބޭފުޅުން ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް