ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 07:13
ހިނގާލުމުގައި ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯގެ ފޮޓޯއެއް މީހަކު ހިފައިގެން
ހިނގާލުމުގައި ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯގެ ފޮޓޯއެއް މީހަކު ހިފައިގެން
ރޮއިޓާސް
އިސްރާއީލާއި ދެކޮޅަށް ކިޔުބާގެ ރައްޔިތުން
ފަލަސްތީނަށް ތާއީދުކޮށް ކިއުބާގެ އެތައްހާސް ރައްޔިތުން މުޒާހަރާކޮށްފި
މި އެއްވުމުގައި އިސްކޮށް ތިއްބެވީ ރައީސް މިގުއެލް ޑިއާޒް-ކެނެލް އާއި ސަރުކާރުގެ އިސްވެރިން

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާއަކީ ނަސްލު ނައްތާލުން ކަމަށް ބުނެ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އަމަލުތައް ކުށްވެރިކުރުމަށް ކިއުބާގެ އެތައް ހާސް ރައްޔިތުން ބުރާސްފަތި ދުވަހު ހަވާނާގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފި އެވެ.

ފަލަސްތީނަށް ތާއީދުކުރާ އެތައްހާސް ރައްޔިތުން ވެރިރަށް ހަވާނާގެ މަޝްހޫރު މަލެކަން ކަނޑުގެ އައްސޭރީގައި ހުންނަ އެމެރިކާގެ އެމްބަސީން ކައިރިއަށް ވަނީ ޖަމާވެފައެވެ. މި އެއްވުމުގައި އިސްކޮށް ތިއްބެވީ ރައީސް މިގުއެލް ޑިއާޒް-ކެނެލް އާއި ސަރުކާރުގެ އިސްވެރިންނެވެ. 

އިސްރާއީލުގެ ނިރުބަވެރި ހަނގުރާމަވެރިން ފަލަސްތީނުގައި ހިންގި ގަތުލްޢާއްމުގައި 13،500 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނާ އެއްބައިވަންތަކަން ދައްކުވައިދިނުމުގެ ގޮތުން ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަތައް އުފުލައި "މިނިވަން، މިނިވަން ފަލަސްތީން، ފަލަސްތީނުގެ މިނިވަންކަމާ އެކު!" އިސްރާއީލަކީ ޖެނޯސައިޑް" ފަދަ އަޑުއުފުލާފަ އެވެ.

މި އެއްވުމުގެ ބައިވެރިންވަނީ އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާތީވެސް ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ.

ފަހަކަށް އައިސް ގުޅުންތައް ރަނގަޅުވެފައިވީ ނަމަވެސް، 1962 ވަނަ އަހަރުން ފެށިގެން ކިޔުބާއާއި ދެކޮޅަށް އެމެރިކާއިން އަޅަމުންދިޔަ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓަމުން އަންނަ ވޮޝިންޓަނާ ދެކޮޅަށް ފިނި ހަނގުރާމައިގެ ޝަކުވާތައް ކިޔުބާއިން ދަނީ ކުރަމުންނެވެ.

ކިއުބާގައި ސަރުކާރުން އިންތިޒާމުކުރާ މިފަދަ ހިނގާލުންތަކަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މައްސަލަތަކަށް ސަރުކާރުން ފާޑުކިޔާ އާންމު ޕްލެޓްފޯމްތަކެކެވެ.

ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހުގެ ހަމަނުޖެހުންތަކަށް ފަހުވެސް ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، އިސްރާއީލުގެ އަސްކަރީ ހަމަލާތައް އާންމުކޮށް ކުށްވެރިކުރާ ދުނިޔޭގެ ވެރިރަށްތަކުގެ ލިސްޓުގައި ހަވާނާވެސް މިހާރު މިވަނީ ހިމެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް