ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 08:09
ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލަކީ ކުރީ ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލެއް
ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލަކީ ކުރީ ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލެއް
ރައީސް އޮފީސް
އިންޝުއަރަންސް ސްކީމް
ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޝުއަރަންސް ސްކީމެއް އުފެއްދުމާއި ގުޅޭ ބިލެއް މަޖިލީހަށް
މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ތެރޭގައި ދައުލަތުގެ އަދި 6 މަސް ތެރޭގައި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުން ސްކީމުގައި ބައިވެރިކުރަންޖެހޭ
ސްކީމަށް ދައްކަން ޖެހޭނީ ވަޒީފާ ދޭ ފަރާތުން މުސާރައިގެ 0.75 އިންސައްތަ އަދި ވަޒީފާ އަދަކުރާ ފަރާތުން ވެސް 0.75 އިންސައްތަ

ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ. މިއީ ކުރީ ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލެކެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ މަސައްކަތްތެރިންގެ ތެރެއިން ވަޒީފާ ގެއްލޭ ފަރާތްތައް އަލުން ވަޒީފާގެ ބާޒާރަށް ނުކުމެ ވަޒީފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ވަޒީފާގެ ބާޒާރަށް އެ ފަރާތްތަށް އަހުލުވެރިކޮށް، ވަޒީފާއަށް ނެރެދިނުމަށް މަގުފަހިކޮށްދޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ބިލެވެ. މީގެ އިތުރުން ވަޒީފާ ގެއްލުމަށް އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރު ކުޑަކުރުމުގެ ގޮތުން، އެފަދަ ފަރާތްތަކުން ޒަރޫރީ އަދި އަސާސީ ބޭނުންތައް ފުރިހަމަކުރުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން އެ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމާގުޅޭ ގާނޫނީ އޮނިގަނޑެއް ތައާރަފްކޮށް، އެ ނިޒާމު ރާވާ ހިންގުމާ ގުޅޭ އުސޫލު ބަޔާންކުރުމެވެ.

މި ބިލުގައި ބުނެފައިވަނީ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ސްކީމް ހިންގުމަށްޓަކައި، އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ފަންޑެއް އުފައްދާ، ފަންޑު ހިންގުމާއި ފަންޑު އިންވެސްޓް ކުރުމާއި، ސްކީމުގެ ދަށުން ވަޒީފާ ގެއްލޭ ފަރާތްތަކަށް ޖޮބް ސަރޗް އެލަވަންސް ދިނުން ހިމެނެއެވެ.

މި ގާނޫނުގައި ބުނެފައިވަނީ ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގެ ދަށުން، ވަޒީފާގެ ގުޅުމަކުން ބަނދެވިގެންވާ، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ އެންމެހާ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ދިވެހިންގެ މައްޗަށް މި ގާނޫނު ހިނގާނެ ކަމަށެވެ.

Advertisement

މީގެ އިތުރުން ވަޒީފާ އަދާކުރާ ފަރާތްތައް އިންޝުއަރކޮށް، އެ ފަރާތްތަކުގެ ވަޒީފާ ގެއްލޭ ހާލަތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ނަގައިގެން އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިވޭ ފައިދާއިން ހިންގޭ ސްކީމެއް "ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރަންސް ސްކީމް" ގެ ނަމުގައި މި ގާނޫނުގެ ދަށުން ގާއިމްކުރަންވާނެ ކަމަށެވެ. އަދި މި ސްކީމް ހިންގަންވާނީ ޕެންޝަން އޮފީހުން ކަަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައި ބުނެފައިވަނީ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތްތައް، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި އަދި ދައުލަތް ފުޔަވައި އެހެން ފަރާތްތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތައް 6 މަސް ދުވަހުގެ ތެރޭގައި ސްކީމުގައި ރަޖިސްޓްރީކުރަންވާނެ ކަމަށެވެ.

މި ބިލުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ފަރާތުން، އެ ފަރާތުގެ ފެންޝަނަށް ބަލާ މުސާރައިގެ 0.75 އިންސައްތަ އަދި ވަޒީފާ ދޭ ފަރާތުގެ ޕެންޝަނަަށް ބަލާ މުސާރައިގެ 0.75 އިންސައްތަ ސްކީމަށް ކޮންޓްރިބިއުޓްކުރަންޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ދައްކަން ޖެހޭނީ ޕެންޝަން ފައިސާއާއެކު ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައި ބުނެފައިވަނީ ޖޮބް ސަރޗް އެލަވަންސްގެ ގޮތުގައި އެލަވަންސް ދެވޭނީ ހަ މަސްދުވަހު މަދުވެގެން ވަޒީފާގައި އުޅެފައިވާ ފަރާތަކަށް ވުމާއި، އެންމެ ފަހުން މި އެލަވަންސް ލިބުނުތާ 1 އަހަރުވެފައިވާ މީހަކަށެވެ. މީގެ އިތުރުން 16 އަހަރު ފުރި ފެންޝަން އުމުރު ހަމަނުވާ ފަރާތެއް ކަމުގައިވުމާއި، ދިވެހި ރައްޔިތަކަށް އެމީހަކު ވާންޖެހޭނެކަމަށް ބިލުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް