ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 22:30
ހުޅުމާލޭ ހޮސްޕިޓަލް
ހުޅުމާލޭ ހޮސްޕިޓަލް
ރާއްޖެއެމްވީ
އެކްސިޑެންޓް
ކާރެއް ކޮންޓްރޯލުނުވެ ގޮސް ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓްވެއްޖެ
މި އެކްސިޑެންޓް ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ 19.40ހާއިރު
2 މީހުންގެ ހާލު ސީރިއަސް

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް، ތިން ސައިކަލުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓުގެ މައުލޫމާތު ދެމުން ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ 19.40ހާއިރުއެވެ. މި އެކްސިޑެންޓުގައި ތިން ސައިކަލުގެ ތެރެއިން ދެ ސައިކަލުގައި ތިބި ދެ ފިރިހެނަކަށާއި އަންހެނަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

Advertisement

އޭގެތެރެއިން ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް