ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 13:02
އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ ތެރެއިން
އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ ތެރެއިން
އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުން
އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ޕެޓިޝަނެއް
ޕެޓިޝަން ހުށަހަޅާފައި ވަނީ "ރައިޓް މޫވްމަންޓުން" އިސްނަގައިގެން ގިނަ އަދަދެއްގެ ޖަމިޔާތަކާއި ކްލަބްތައް ގުޅިގެން
ޑިސެމްބަރު މަހުގެ 15 އާއި ހަމައަށް އެ ޕެޓިޝަންގައި ސޮއިކުރުން ކުރިޔަށް ދާނެ
އެ ޕެޓިޝަން ހުށަހެޅީ 1000 ސޮޔާއި އެކު

އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޕެޓިޝަން ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށަހަޅާފައި ވަނީ "ރައިޓް މޫވްމަންޓުން" އިސްނަގައިގެން ގިނަ އަދަދެއްގެ ޖަމިޔާތަކާއި ކްލަބްތައް ގުޅިގެންނެވެ.

އެ ޕެޓިޝަންގައި އެދިފައި ވަނީ އިސްރާއީލުން ފަލަސްތީން ނައްތާލަން ކުރާ މަސައްކަތްތަކާއި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެކުރުން ހުއްޓުވާދިނުމަށެވެ. އެ ޕެޓިޝަން ހުށަހެޅީ 1000 ސޮޔާ އެކުގައި ކަމަށް ވީނަމަވެސް މިހާރު އެ ޕެޓިޝަނަށް އެއަށް ވުރެ ގިނަ ސޮއި ވަނީ ލިބިފައެވެ.

Advertisement

ޑިސެމްބަރު މަހުގެ 15 އާއި ހަމައަށް އެ ޕެޓިޝަންގައި ސޮއިކުރުން ކުރިޔަށް ދާނެއެވެ. އެއަށް ފަހު އެ ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަރުވަން ވަނީ ހަމަޖެހިފަައެވެ.

އެ ޕެޓިޝަނަށް މާލެއިން 10،000 އަށްވުރެން ގިނަ ސޮއެ ވަނީ ލިބިފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތުލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް