ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 20:11
ހުޅުމާލެ
ހުޅުމާލެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް
ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި
ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފައިވަނީ ގެޒެޓުގައި
2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށް
3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފައިވަނީ ގެޒެޓުގައެވެ. އެގޮތުން ދެ ކޮޓަރި ލިބޭ މީހުންގެ ލިސްޓާއި ތިން ކޮޓަރި ލިބޭ މީހުންގެ ލިސްޓު ވަނީ އާންމުކޮށްފައެވެ.

ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށާއި އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފުލެޓް ކަމަށާއި ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނަގައިގެން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000ރ (ހަތްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. އަދި  2 ކޮޓަރީގެ މަހު ކުއްޔަކީ 5000ރ (ފަސްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ޙަވާލުކުރާ ތާރީހުންފެށިގެން 3 (ތިން މަސް) ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު އެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 (ތިންސަތޭކަ) މަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
ކޮމެންޓް
- ގުޅުންހުރި
ފްލެޓާއި ގޯތީގެ މައްސަލައިގައި އަމަލުކުރަމުންދާ ގޮތުން ފެންނަނީ ސަރުކާރުގެ ހާމަކަން ބޮޑުކަމެއް ނެތްކަން: ޔާސިރު
ފްލެޓް ދިނުމުގެ މަރުހަލާ އާއި މެދު އާއްމުންގެ އެތައް ސުވާލެއް! މިނިސްޓަރ ވިދާޅުވީ މިވަގުތު ޖަވާބެއް ނެތް ކަަމަށް!
ހިޔާ ފްލެޓުގެ ކޮރިޑޯރ ގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
"މަކަރާއި ހީލަތުން އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓުމެންޓަކަށް މީހުން ގެންގޮސް، ބްލެކްމެއިލް ކުރި މައްސަލައިގައި އިސްކޮށް ހުރީ އަންހެނެއް"
ފްލެޓް ދޫކުރުމުގައި އިސްކޮށް އުޅުނު ބޭފުޅުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް އޭސީސީން ވަދެ ބަލާފާސްކުރަނީ
4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
ސަރުކާރުން ޖަހާ ލަނގިރިއަކަށް ނުނަށާނެ، ފްލެޓާއި ގޯތި ދޫކުރުމަށް ބާރުއަޅާ އެ މަސައްކަތް އެމްޑީޕީން ކުރާނެ: މެންބަރު ފަލާހު
ފްލެޓު ކޮމިޓީގެ މަސައްކަތްތައް އަވަހަކަށް ނުނިމޭނެ: ކޮމިޓީ