Advertisement
ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 21:40
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހަށް ރައީސަކު އައްޔަނުކުރުން
މަޖިލީހަށް ރައީސަކު އައްޔަނުކުރުމުގެ ޖަލްސާ މިރޭ 10 ޖަހާއިރު
ނަޝީދު އިސްތިއުފާދެއްވިކަން މަޖިލީހުގެ ރިޔާސަތަށް އަންގާފައިވަނީ ހޯމަ ދުވަހުގެ ހަވީރު ބޭއްވި ޖަލްސާގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައިވާތީ, އެމަގާމަށް މެމްބަރަކު އިންތިޚާބުކުރުމަށް މިރޭ 10 ޖަހާއިރު ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

ނަޝީދު އިސްތިއުފާދެއްވިކަން މަޖިލީހުގެ ރިޔާސަތަށް އަންގާފައިވަނީ ހޯމަ ދުވަހުގެ ހަވީރު ބޭއްވި ޖަލްސާގައެވެ.

މަގާމުން އިސްތިއުފާދެއްވިކަން އިއުލާން ކުރައްވަމުން ނަޝީދު މަޖިލީހުގެ އިދާރާއަށް ފޮނުއްވި މެސެޖެއްގައި ވަނީ، ނަޝީދުގެ އިތުބާރު ނެތްކަމަށް ބުނެ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅުއްވާފައި ވާކަމަށާއި، އެ މައްސަލައާއެކު މަޖިލީހުގެ މެޖޯރިޓީ ޕާޓ،ީ އެމްޑީޕީން ގެންދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާނެ އެންމެހާ އަމަލުތައް ހިންގަމުން ކަމަށެވެ.

Advertisement

އެގޮތުން، ގަވާއިދާ ގުޅޭގޮތުން މެޖޯރިޓީ ޕާޓީން އަމިއްލައަށް ފަނޑިޔާރުގެއަށް ގޮސް، މަޖިލީހުގެ މެންބަރުންނަށް ކަނޑައެޅިގެން ލިބިދީފައިވާ ބާރެއް ހަނިކޮށްފައި ވާކަމަށާއި، މަޖިލީހުގެ ކޮމިޓީއަކުން، މަޖިލިސް ހިންގުމާ ގުޅޭގޮތުން ލަފާ ހޯދުމަށް ބަންޑާރަ ނައިބު އަރިހުގައި ދަންނަވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިސްތިއުފާދެއްވާފައިވަނީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށްގެންދިޔުމަށް މިއަދު ދެވަނަ ފަހަރަށް ޖަލްސާ އެޖެންޑާކުރިފަހުންނެވެ. އާދިއްތަ ދުވަހުވެސް ދެ ފަހަރަށް ޖަލްސާ އެޖެންޑާކޮށް، މިމައްސަލަ ކުރިޔަށްގެންދިޔުމަށް މަސައްކަތްކޮށްފައިވެއެވެ. އޭގެކުރިން ފަސް ފަހަރެއްގެ މަތިން މިމައްސަލަ އެޖެންޑާކޮށް، ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް އިންތިޚާބުކުރާނީ ސިއްރު ވޯޓަކުންނެވެ. އަދި އެމަގާމަށް އިންތިޚާބުކުރުމަށް ބޭނުންވާ މެމްބަރުންގެ ނަން ނުވަތަ ނަންތައް ހުށަހަޅާނީ އެކަމަށް ކަނޑައެޅުމަށް ބާއްވާ ޖަލްސާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް