ކ. މާލެ
|
22 މެއި 2024 | ބުދަ 22:20
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ އަމީންއާންމުގެ ނައިބުކަމަށް އައްޔަންކުރި މުހައްމަދު ރަޝީދު
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ އަމީންއާންމުގެ ނައިބުކަމަށް އައްޔަންކުރި މުހައްމަދު ރަޝީދު
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ އަމީންއާންމުގެ ނައިބު
މަޖިލީހުގެ އަމީންއާންމުގެ ނައިބު ކަމަށް މުހައްމަދު ރަޝީދު
އަމީންއާންމުގެ ނައިބުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ ނައިބުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކޮށްފިއެވެ.

މަޖިލީހުގައި މަސައްކަތްކުރެއްވުމުގެ ކުރިން މުހައްމަދު ރަޝީދަކީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ވެސް މެއެވެ.

އަމީންއާންމުގެ ނައިބުގެ މަގާމަށް ރަޝީދު އައްޔަނުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދު ބަދަލުކުރީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު އަސްލަމްގެ އެދިވަޑައިގަތުމަށް ކަމަށް މަޖިލީހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ފާސްކުރި އާންމު ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 21 ވަނަ މާއްދާއަށް ގެނައި އިސްލާހުގައިވާ ގޮތުން، ހިންގުމުގެ ދާއިރާއިންނާއި ގާނޫނީ ދާއިރާއިން މަޖިލީހުގެ އަމީންއާންމަށް އެހީތެރިވެދިނުމަށްޓަކައި އަމީންއާންމުގެ ނައިބުންގެ ގޮތުގައި ދެ މަގާމު އުފެއްދިދާނެއެވެ.

ގަވާއިދަށް ގެނައި އިސްލާހުން އަމީންއާންމުގެ ނައިބުގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އެއް ބޭފުޅަކު މަޖިލީހުގެ އާންމު ހިންގުމާއި މާލީ ޒިންމާއާ ގުޅޭ ގޮތުން ކަންކަން ކުރުމުގައި އެހީތެރިވާއިރު އަނެއް ބޭފުޅާގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ޖަލްސާތަކާއި ކޮމިޓީތަކުގެ މަސައްކަތްތަކުގައި އަމީންއާންމަށް އެހީތެރިވެދިނުމެވެ.

އަމީންއާންމުގެ ނައިބުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.

- ކޮމެންޓް