ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 11:11
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރެއް ނުވޭ - 11:30ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ
ގަރާރު ބޭރުކޮށްލީ ޑިމޮކްރެޓްސްގެ މެންބަރުންގެ ރޭވުމާއި އެކުގައި ކަަަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކުރައްވާ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލީ ގަވާއިދާއި ޚިލާފަށް ކަމަށް މެންބަރުން ވެސް ގެންދަވަނީ ފާހަަގަކުރައްވަމުން
އެ ގަރާރު ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކު ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި

ރައްޔިތުންގެ މަޖިލީހުގެ އާދިއްތަ ދުވަހުގެ ޖަލްސާ ޤަވާއިދާއި ޚިލާފަށް ނިންމާލާފައިވާތީ މަޖިލީހުގެ ޖަލްސާ އެއް މިއަދު 11:30ގައި ބާއްވަން ނިންމައިފިއެވެ.

އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ޖަލްސާ ފެށުމާއެކު މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގަރާރެއްގެ ސިފަ ހަމަ ނުވާ ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާ އެއް ނަންގަވާފައެވެ. އެ ނިޒާމީ ނުކުތާ ބަލައިގަނެ އަފީފް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ ޤަވާއިދާއި ޚިލާފަށް ކަމަށާއި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަަމަށެވެ. އެހެން ވިދާޅުވުމަށް ފަހު އަފީފް ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

ނަމަވެސް ޖަލްސާ ނިންމަވާލެއްވީ ޤަވާއިދާއި ޚިލާފަށް ކަމަށާއި އެ މައްސަލަ ބޭރު ނުވާ ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފައެވެ. މަޖިލީހުގެ އިތުރު ޖަލްސާ އެއް 11:30ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން އެ ޖަލްސާގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

Advertisement

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލީ ގަވާއިދާއި ޚިލާފަށް ކަމަށް ބައެއް މެންބަރުން ވެސް ގެންދަވަނީ ފާހަަގަކުރައްވަމުންނެވެ. ގަރާރު ބޭރުކޮށްލީ ޑިމޮކްރެޓްސްގެ މެންބަރުންގެ ރޭވުމާއި އެކުގައި ކަަަމަށް މެންބަރުން ތުހުމަތުކުރެއެވެ.

އެ ގަރާރު ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކު ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް