ކ. މާލެ
|
11 ނޮވެންބަރ 2023 | ހޮނިހިރު 07:31
ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ހަނދާން އައުކުރަނީ
ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ހަނދާން އައުކުރަނީ
-
ޣައްޒާ ހިފުމަށް އިސްރާއީލުން ކުރާ ހަނގުރާމަ
ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރުމާ ގުޅޭ ދެ ހުށަހެޅުމަކާމެދު އަންނަނީ މަޝްވަރާކުރަމުން
ހަނގުރާމަ މެދުކަނޑާލައި، އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދީ، ހޮސްޕިޓަލްތަކަށް ތެޔޮ ފޯރުކޮށްދީ، އިސްރާއީލުގެ ޖަލުތަކުގައި ތިބި އަންހެނުންނާއި ކުޑަކުދިން މިނިވަންކުރަންޖެހޭ
ހުށަހެޅުންތަކުގައި ހިމެނެނީ، މަދު އަދަދަކަށް އަސީރުން މިނިވަންކުރުމަށާއި 100އާ ގާތްކުރާ އަދަދަކަށް އަސީރުން މިނިވަންކުރުން

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ހަމާސްއިން ދިން ކުއްލި ހަމަލާއަށްފަހު ހަމާސްގެ އަތްދަށަށް ދިޔަ އަސީރުން މިނިވަންކުރުމާ ގުޅޭގޮތުން ދެ ހުށަހެޅުމަކާމެދު ހަމާސްއާއި އިސްރާއީލުން މަޝްވަރާކުރަމުން އަންނަކަމަށް ނިއު ޔޯރކް ޓައިމްސްއިން ބުނެފިއެވެ.

އެނޫހުން އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، ހުށަހެޅުންތަކުގައި ހިމެނެނީ މަދު އަދަދަކަށް އަސީރުން މިނިވަންކުރުމަށާއި 100އާ ގާތްކުރާ އަދަދަކަށް އަސީރުން މިނިވަންކުރުމެވެ.

އެގޮތުން މަޝްވަރާކުރެވެމުންދާ އެއް ހުށަހެޅުމުގައި ވަނީ، ހަމާސްއިން 10އާ 20އާ ދެމެދު އަދަދަކަށް އަސީރުން މިނިވަންކުރުމެވެ. އޭގެތެރޭގައި ހިމެނެނީ އިސްރާއީލުގެ އަންހެނުންނާއި ކުޑަކުދިންނާއި (އެމެރިކާ ރައްޔިތުން ހިމެނޭގޮތުން) ބޭރުގެ ގައުމުތަކުގެ ރައްޔިތުންނެވެ. އޭގެ ބަދަލެއްގެ ގޮތުން ހަނގުރާމަ މެދުކަނޑާލާނެއެވެ.

އަދި އެއާ އެއްގޮތަށް ކަންކަން ކުރިޔަށްދާނަމަ، 100އާ ގާތްކުރާ އަދަދަކަށް އަސީރުން މިނިވަންކުރާނެއެވެ. އޭގެ ބަދަލެއްގެ ގޮތުގައި ހަނގުރާމަ މެދުކަނޑާލައި، އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދޭން ޖެހޭނެއެވެ. އަދި ހޮސްޕިޓަލްތަކަށް ތެޔޮ ފޯރުކޮށްދޭން ޖެހޭނެއެވެ. މީގެ އިތުރުން، އިސްރާއީލުގެ ޖަލުތަކުގައި ތިބި އަންހެނުންނާއި ކުޑަކުދިން މިނިވަންކުރަން ޖެހޭނެއެވެ.

ނަމަވެސް އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރާނެކަމުގެ ޔަގީންކަން ނެތްކަމަށް އޮފިޝަލް ވަނީ ބުނެފައެވެ.

މީގެކުރިން ދަ ގާޑިއަންއިން ރިޕޯޓްކޮށްފައި ވާގޮތުގައި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން، އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތައް ފަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުމެއްނުވިއެވެ. ދަ ގާޑިއަންއިން ރިޕޯޓްކޮށްފައި ވާގޮތުގައި، ހަމާސްއާ އިސްރާއީލާ ދެމެދު ކުރިޔަށްދާ ވާހަކަތަކުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވަނީ؛ އަސީރުން އެކި މަރުހަލާތަކުގައި މިނިވަންކުރުމާއި ހަމަލާތައް ހުއްޓާލުމާއި އަދި މެދުކަނޑާލުމާގުޅޭ ނިންމުންތަކުގައި ނަތަންޔާހޫ އަންނަނީ އަދިވެސް ދޫނުދީ ހިފަހައްޓަމުންނެވެ.

ނަތަންޔާހޫ އަންނަނީ ޣައްޒާއަށް ހަމަލާދިނުން ހުއްޓާނުލާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް