Advertisement
ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 08:58
އިންތިޚާބީ ރައީސް އާއި ނައިބު ރައީށް މަޖިލީހުގެ ރައީސާ ބައްދަލުކުރައްވަނީ
އިންތިޚާބީ ރައީސް އާއި ނައިބު ރައީށް މަޖިލީހުގެ ރައީސާ ބައްދަލުކުރައްވަނީ
މަޖިލިސް
އިންތިޚާބީ ރައީސް ހުވާކުރުން
އިންތިޚާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ނަޝީދު އިންނަވާނަމަ އެމްޑީޕީން އިހުތިޖާޖުކުރަނީ
ހުވާކުރުން އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހު
އަދި އިހުތިޖާޖުކުރާނެ ގޮތުގެ ތަފްސީލް ހާމައެއް ނުކުރޭ
އިހުތިޖާޖު ކުރާނެ ގޮތެއް ނިންމާނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން

ނޮވެމްބަރު 17 ވަނަ ދުވަހު އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވައިފި ނަމަ އެމްޑީޕީން އިހުތިޖާޖުކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ހުޅުމާލޭ ދާއިރާގެ މެމްބަރުއަލީ ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއެކު، އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަނީ މަޖިލިސް މެމްބަރުންގެ އިތުބާރު ނެތް ރިޔާސަތެއް ކަމުގައިވާ ނަމަ އެކަމަށް އެމްޑީޕީއިން އިހުތިޖާޖު ކުރާނެ ކަމަށެވެ. އެހެންނަމަވެސް އަދި އިހުތިޖާޖުކުރާނެ ގޮތުގެ ތަފްސީލް ހާމައެއް ނުކުރެއެވެ.

Advertisement

އިހުތިޖާޖު ކުރާނެ ގޮތެއް ނިންމާނީ އެމްޑީޕީގެ ޕީޖީ ގްރޫޕުންނެވެ. ނިޔާޒް އެފަދައިން ވިދާޅުވެފައިވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އަންނަ އާދީއްތަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ. ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިޔަށް ނުގެންދެވި މަޖިލީސް ހުއްޓިފައި އޮންނާތީ ސުޕްރީމްކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލަ ނިމުނީ އެމްޑީޕީ އާއި އެއްކޮޅަށެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް