ކ. މާލެ
|
17 މެއި 2025 | ހޮނިހިރު 09:46
އެމްޑިޕީން ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސާރވިސް އާއި ބައްދަލުކުރުން
އެމްޑިޕީން ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސާރވިސް އާއި ބައްދަލުކުރުން
އެމްޑީޕީ ސެކްރިޓޭރިއެޓް
އެމްޑީޕީ
ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ޔޫރަޕިއަން އެކްޝަން ސާރވިސް އާއި އެމްޑީޕީން ހިއްސާކޮށްފި
ރާއްޖޭގެ ޑިމޮކްރަސީއަށް ދިމާވެފާވެފައިވާ ހާލަތާއި ހުރި ދަތިތައް ހިއްސާކޮށްފައިވެ
މިސަރުކާރުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލާފައިވާގޮތުގެ އެސެސްމެންޓެއް ހަދާ އީއީއޭއެސް އާއި ހިއްސާކޮށްފަ

ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކޮށްފައިވަނީ އެކަށިގެންވާ އިޖުރާއަތުތަކެއް ނެތިކަމަށްބުނެ، ރާއްޖޭގެ ޝަރުއީ ދާއިރާ އާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޔޫރަޕިއަން އެކްސްޓަނަލް އެކްޝަން ސާރވިސް (އީއީއޭއެސް) އާއި އެމްޑީޕީން ހިއްސާކޮށްފިއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސާރވިސް އާއި އެމްޑިޕީން ބައްދަލުކުރި ވަފުދުގައި ހިމެނިވަޑާއިގަންނަވަނީ، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމާއި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމެވެ.

އެމްޑީޕީގެ ވަފުދުންވަނީ އީއީއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޕައޯލާ ޕަމްޕަލޮނީއާ ބައްދަލުކުރަށްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖޭގެ ޑިމޮކްރަސީއަށް ދިމާވެފާވެފައިވާ ހާލަތާއި ހުރި ދަތިތައް ހިއްސާކޮށްފައިވެއެވެ.

އެމްޑީޕީން ވަނީ މިސަރުކާރުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލާފައިވާގޮތުގެ އެސެސްމެންޓެއް ހަދާ އީއީއޭއެސް އާއި ހިއްސާކޮށްފައެވެ. އެގޮތުން ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ގާނޫނާއި ހިލާފަށް ވަކިކުރުމާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަން ކޮމިޝަނަށް ސިޔާސީގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށާއި މަޖިލީސް ބަލިކަށިވުމުގެ ސަބަބުން ޝަރުއީ ދާއިރާ ފެއިލްވި ގޮތް ކިޔައިދީފައެވެ.

މީގެ އިތުރުން ޤާނޫނު އަސާސީ އާއި ގުޅުންހުރި މުހިންމު މައްސަލަތައް ކޯޓުތަކުން ނުބަލާކަމަށާއި ވެރިކަންކުރާ ޕާޓިން 300 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައިވާ މައްސަލަތައް ތަހްގީގު ނުކުރެވި އޮތްކަމަށް އެމްޑިޕީން ބުނެފައިވެއެވެ. އަދި ޒުވާން އަންހެނަކަށް ލިބުނު އަނިޔާއަކާ ގުޅިގެން ރައްޔިތުން ކަނބޮޑުވުން ފާޅުކުރިނަމަވެސް ފުލުހުންގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި މައްސަލަ ބެލިފައި ނުވާކަމަށާއި ސުލްހަވެރި އިހްތިޖާޖުކުރާ ފަރާތްތައް، ޚާއްސަކޮށް ޒުވާނުން ހައްޔަރުކޮށް އަނިޔާކޮށްފައިވާ ކަމަށްވެސް އެމްޑިޕީން ބުނެފައިވެއެވެ.

ޝާހިދު ވިދާޅުވީ، މިބައްދަލުވުގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ކޮންމެ ދުވަހަކު ދިރިއުޅޭ ގޮތުގެ ހަގީގަތް ހިއްސާކުރުން ކަމަށެވެ. އަދި ގިނަ މުއައްސަސާތަކުން ހިދުމަތް ކޮށްދިނުމުގެ ބަދަލުގައި ފެންނަނީ ބާރުވެރިންނަށް ހިދުމަތްދޭ އަދި އެމީހުންނަށް އިންސާފު ލިބޭ ގޮތަށް ކަންކަން ބައްޓަންކުރަމުން އަންނަ ކަމަށެވެ.

މިބައްދަލުވުން އެމްޑިޕީން ނިންމާލާފައިވަނީ ޑިމޮކްރަސީ އަލުން ގާއިމުކުރުމަށާއި އެއަޒުމު ދަމަހައްޓަން ތައްޔާރަށްތިބިކަން ފާހަގަކުރަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.

އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

- ކޮމެންޓް