ކ. މާލެ
|
9 ނޮވެންބަރ 2023 | ބުރާސްފަތި 12:13
ފިހާރައަކަށް ވަދެ، ކޭޝިއަރަށް ހަމަލާދިން މީހާ
ފިހާރައަކަށް ވަދެ، ކޭޝިއަރަށް ހަމަލާދިން މީހާ
ޕޮލިސް
ކޭޝިއަރަށް ހަމަލާދިނުން
ފިހާރައަކަށް ވަދެ، ކޭޝިއަރަށް ހަމަލާދިން މީހާ ދޫކޮށްލައިފި
އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު އޭނާގެ ބަންދަށް ދެ ފަހަރެއްގެ މަތިން 15 ދުވަސް ޖަހާފައިވޭ

މާލޭގެ ފިހާރައަކަށް ވަދެ، އެ ފިހާރައިގައި އިން ކޭޝިއަރަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ބަންދުން ދޫކޮށްލައިފި އެވެ.

29 އަހަރުގެ އެ އަންހެން މީހާ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައި ހައްޔަރުކޮށްފައިވަނީ މާލޭގެ ފިހާރައަކަށް ވަދެ، އެތަނުގައި އިން ބިދޭސީ ކޭޝިއަރަށް ބިރުދައްކައި، ތޫނު އެއްޗެއް ބޭނުންކޮށްގެން އޭނާގެ ކަރަށް ހަމަލާ ދިނުމުގެ ސަބަބުންނެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު އޭނާގެ ބަންދަށް ދެ ފަހަރެއްގެ މަތިން ވަނީ 15 ދުވަސް ޖަހާފަ އެވެ.

Advertisement

އެ މައްސަލައާ މެދު ފުލުހުން ބުރާސްފަތި ދުވަހު ބުނީ، އޭނާގެ ބަންދުގެ މުއްދަތު ހަމަވެގެން މިދިޔަ އަންގާރަ ދުވަހު، މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަދިވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް