ކ. މާލެ
|
6 ނޮވެންބަރ 2023 | ހޯމަ 18:22
'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކުރުން
'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކުރުން
އެމްއެމްއޭ
އެމްއެމްއޭ ގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް
އެމްއެމްއޭ ގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ އިތުރު ދެ ބައިވެރިން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކޮށްފި
2 ބޭންކަކާއިއެކު 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހު
އަލަށް ބައިވެރިވާ 2 ބޭންކްއަކީ، ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކް
'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި މިއަދު ސޮއިކުރި ބޭންކުތަކާއެކު އެމްއެމްއޭ އިން ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގ ގެ މަސައްކަތް ވަނީ ނިމިފައި

އެމްއެމްއޭ ގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ އިތުރު ދެ ބައިވެރިން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގައި ފަސޭހ،ަ އަވަސ،ް އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) – ފަވަރަ ގައި އަލަށް ބައިވެރިވާ 2 ބޭންކަކާއިއެކު 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއި ކޮށްފައިވަނީ ހޯމަ ދުވަހު އެވެ. އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) – ފަވަރަ ގައި އަލަށް ބައިވެރިވާ 2 ބޭންކްއަކީ، ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކްއެވެ.

މި އެގްރީމެންޓަކީ މިސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްގުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއިކުރެވުނު އެގްރީމެންޓެކެވެ.

Advertisement

އެގޮތުން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި މިއަދު ސޮއިކުރި ބޭންކުތަކާއެކު އެމްއެމްއޭ އިން ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގ ގެ މަސައްކަތް މިހާރު ނިންމާފައިވާއިރު، 8 ނޮވެމްބަރު 2023 އިން ފެށިގެން ޕައިލަޓް ޓެސްޓިންގ ގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައިޕީއެސްގެ ޕައިލަޓް ޓެސްޓިންގ ނިންމާ، މި ބޭންކުތަކުން ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް