Advertisement
ކ. މާލެ
|
6 ނޮވެންބަރ 2023 | ހޯމަ 05:37
ކޯސްޓުގާޑުން، ތަމްރީން ޕްރޮގްރާމު ފެށުން
ކޯސްޓުގާޑުން، ތަމްރީން ޕްރޮގްރާމު ފެށުން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްޕީއެލް މުވައްޒަފުނަށް ހާއްސަކޮށްގެން ކޯސްޓްގާޑުން ސެކިއުރިޓީ ޓްރެއިނިން ފަށައިފި
މި ޕްރޮގްރާމް ކުރިއަށްދަނީ ހަތަރު ހަފުތާއަށް
އެމްޕީއެލްގެ 20 މުވައްޒަފަކު ބައިވެރިވޭ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން ހިންގާ "ސެޓިފިކެޓް ލެވެލް 1 އިން ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ" ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން ގިރިފުށީގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ، ޝާހިދު އަލީއެވެ. މި ތަމްރީނު ޕްރޮގްރާމްގައި އެ ކުންފުނީގެ 20 މުވައްޒަފަކު ބައިވެރިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދޭ ބައިތަކުގެ ތެރޭގައި ފަޔަރ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް ޓެކްނީކްސް، އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީޒް ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގ އެންވަޔަރަމަންޓް، ފަސްޓް އެއިޑް، ސެކިޔުރިޓީ އިކުއިޕްމަންޓްސް، ފިޒިކަލް ޓްރެއިނިންގ އެންޑް ވޯޓަރމަންޝިޕް، ރޭޑިއޯ ކޮމިއުނިކޭޝަން، ސެކިއުރިޓީ ޓެކްނީކްސް އެންޑް ޕްރޮސީޖަރސް އަދި ކޯޕަރޭޓް އެންވަޔަރަމަންޓް ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ސީ ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދީ، ޕްރައިވެޓް ސެކްޓަރގައި ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެނީ ކޯސްޓްގާޑުގެ ކަމާބެހޭ ދާއިރާތަކުގެ ސިފައިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް