ކ. މާލެ
|
5 ނޮވެންބަރ 2023 | އާދީއްތަ 17:02
އަމާން އުދަރެސް ފްލެޓެއް
އަމާން އުދަރެސް ފްލެޓެއް
ރައީސް އޮފީސް
ގެދޮރުވެރިޔާ ފްލެޓް
ގެދޮރުވެރިޔާ ފްލެޓް - ފްލެޓް ދިނުމުގެ މަރުހަލާ ހުއްޓުވާފައެއް ނުވޭ، އެންގީ ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު ކުރިއަށް ގެންދިއުމަށް
20،000ށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 13،000ށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަވޭ
3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް
2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ 4000 ފުލެޓު ހަވާލުކުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް ފްލެޓް ދިމުމުގެ މުޅި މަރުހަލާ ހުއްޓުވާފައި ނުވާ ކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން ބުނީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި ފްލެޓް ދީފައިވާ ގޮތާއި ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭ ގޮތަށް ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމަށް މަސައްކަތްކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެންކަމުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ އެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އޭސީސީން ވަނީ ޕްލޭނިން މިނިސްޓްރީ އަށް އަންގާފައެވެ. އެކަން ނުކޮށް ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރިއަށް ނުގެންދިއުމަށް އޭސީސީން ވަނީ އަންގާފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް، އާންމުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެ ފްލެޓްތައް ލިބުނު ދާއިމީ ލިސްޓުގެ އިތުރުން، ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުން ގެންދާ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުވެސް އާންމުކޮށްފައި ވަނީ ހޮނިހިރު ދުވަހުއެވެ.

Advertisement

އެ މިނިސްޓްރީން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ވާގޮތުން 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެެއިން، 3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ. އަދި 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެކަމަށެވެ.

އަދި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން، ޕޯޓަލް މެދުވެރިކޮށް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ބަޔާނުގައި ވެއެވެ. އެގޮތުން ދެމަފިރިން ވަކިން ހުށަހަޅައިގެން ފްލެޓް ލިބުމަށް ހޮވިފައިވާނަމަ ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 (އެއް) ފްލެޓެވެ. ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 (އެއް) ފްލެޓް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20،000ށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 13،000ށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަވެއެވެ. ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް