Advertisement
ކ. މާލެ
|
5 ނޮވެންބަރ 2023 | އާދީއްތަ 05:15
ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ރަންޔޫބީލުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ރަންޔޫބީލުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެ - ބަންގްލަދޭޝް
ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ރަންޔޫބީލުގެ ހަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހު
އެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ބަންގްލަދޭޝަށް އެމަނިކުފާނު ވަޑައިގަންނަވާފައި ވަނީ ހުކުރު ދުވަހު
ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދެއްވާފައި ވަނީ ބަންގްލަދޭޝް ސަރުކާރުން

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުދާނު ބަންގްލަދޭޝްގެ ޤާނޫނު އަސާސީއާއި އެޤައުމުގެ ސުޕްރީމް ކޯޓަށް 50 އަހަރު ފުރުމާއި ގުޅިގެން ބާއްވާފައިވާ ހަފްލާތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައިފިއެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ބަންގްލަދޭޝަށް އެމަނިކުފާނު ވަޑައިގަންނަވާފައި ވަނީ ހުކުރު ދުވަހު ކަމަށް ވާއިރު އެ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދެއްވާފައި ވަނީ ބަންގްލަދޭޝް ސަރުކާރުންނެވެ. ސުޕްރީމް ކޯޓުން ބުނީ ބަންގްލަދޭޝްގެ ޤާނޫނު އަސާސީއަށާއި ބަންގްލަދޭޝްގެ ސުޕްރީމް ކޯޓަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ހަރަކާތްތައް މިހާރު ނިންމާލާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަފުޅުގައި ދެ ޤައުމުގެ ދޭތެރޭގައި އޮތް ޒަމާންވީ ގުޅުމާއި ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ. އަދި ދެ ޤައުމުގެ މެދުގައި ހުރި އެއްގޮތް އާދަކާތަކަށް އަލިއަޅުވާލެއްވިއެވެ. ބަންގްލަދޭޝްގެ ޤާނޫނުއަސާސީ އެކުލެވިގެން އައިގޮތުގެ ތާރީޚަށް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ޤާނޫނު އަސާސީގެ ތާރީޚާއި ގުޅޭ މައުލޫމާތު ވެސް ހިއްސާކުރެއްވިއެވެ.

Advertisement

އެ ހަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ހޮނިހިރު ދުވަހު ބަންގަލަދޭޝްގެ ވެރިރަށް ޑާކާގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަން އުއްތަމަ ފަނޑިޔާރު ވަޑައިގެންފައި ވަނީ ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އޮބައިދުލް ހަސަންގެ ދައުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް