ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 18:26
 މެންބަރު އިކްރާމް
މެންބަރު އިކްރާމް
ރާއްޖެއެމްވީ
ނަޝީދު ވަކިކުރުމުގެ މައްސަލަ
މިހާރު ނަޝީދު ކަންކަން ކުރައްވަނީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ މީހަކު ޢަމަލުކުރާ ގޮތަށް - އިކްރާމް
އިކްރާމް ވަނީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އިވާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 29، 30 އަދި މި މަހުގެ 1 ވަނަ ދުވަހު ވެސް ތާވަލްކުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ކަންކަން ކުރައްވަނީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ މީހަކު ޢަމަލުކުރާ ގޮތަށް ކަމަށް ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފަވާއިރު މިއީ މި މައްސަލަ އެޖެންޑާ ކުރާ 5 ވަނަ ފަހަރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ބުރާސްފަތި ދުވަހަށް އެޖެންޑާ ކުރިނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވާފައިވާތީ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން އިކްރާމް ވިދާޅުވީ ޑިމޮކްރަސީގެ ވާހަކަ ދައްކަވާ ބޭފުޅަކު ވޯޓަށް ފިއްލަވައިގެން އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެެވެ. އަދި މީގެ ކުރިން މަޖިލީހުގެ ރައީސްކަމުގައި އަބްދުﷲ މަސީހު ހުންނެވި އިރު މެމްބަރުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އޭރު އޭނާގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށާއި މިއަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަމަލުކުރަމުން ދަނީ ދެފުށްދެގޮތަކަށް ކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އަމަލުކުރައްވަމުން ދަނީ އެމަނިކުފާނު ކުރިން ދެއްކެވި ވާހަކަތަކާއި ޚިލާފަށް ކަމަށާއި އެއީ ސިޔާސީ ގޮތުން ތަސައްރަފު ފުދޭ މީހުން ކުރާކަހަލަ ކަމެއް ނޫންކަމަށް ވެސް އިކްރާމް ވަނީ ވިދާޅުވެފައެވެ.

Advertisement

މީގެ އިތުރުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 29، 30 އަދި މި މަހުގެ 1 ވަނަ ދުވަހު ވެސް ތާވަލްކޮށްފައިވީނަމަވެސް އެ ޖަލްސާތަކަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމުން ޖަލްސާތައް ވަނީ ކެންސަލްކޮށްފަކަން އިކްރާމް ފާހަގަކުރެއްވިއެވެ. އިކްރާމް ވިދާޅުވީ މިހާރު ރިޔާސަތާއި އަމީން އާއްމު އަދި ކައުންސެލް ޖެނެރަލް ވެސް މަސައްކަތް ކުރަމުން ދަނީ ވަކި ބައެއްގެ މަަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ. އަދި މަދު ބޭފުޅުންކޮޅެއް ބޭނުންވާ ގޮތަށް މަޖިލީހުގެ މެޖޯރިޓީ އާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިކްރާމް ވަނީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އިވާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް