ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ދިރާސާ ކުރަމުންދާ "އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް" ޢާންމުންގެ ޚިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިސް އިދާރާއިން ބުނީ، 09 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް މުއްދަތު އިތުރު ކުރެއްވުމަށް ކޮމިޓީން ނިންމާފައިވާކަމަށެވެ.
ވުމާއެކު، މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ މެއިލް އެޑްރެސް mv.gov.majlis@committee_affairs.economic އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމަށް ވަނީ އެދިފައެވެ.
މި ބިލުގެ މަގްސަދުގެ ތެރޭގައި ބުނެފައި ވަނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްއިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްއިއްޔާތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްގު ކުރިއަރުވާ ކަށަވަރުކޮށްދިނުމެވެ.
އެެ ބިލުގެ އިތުރު މަގްސަދުތަކުގެ ތެރޭގައި އެފަދަ ޙައްގުތައް ލިބިދެވެނެ ދާއިރާތައް އެކަށައެޅުން ހިމެނެއެވެ.
މީގެ އިތުރުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި، އެފަދަ ޔޫނިއަންތައް ހިނމާގުޅޭ އުސޫލުތައް ބަޔާންކުރުމަކީ ވެސް މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހަމައެހެންމެ މަސައްކަތްތެރިންގެ ޓްރޭޑްޔީނިއަންތަކާއި، ވަޒީފާ ދޭ ފަރާތްތައް ނުވަތަ ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ މެދުގައި ވަޒީފާއާ ގުޅުންހުރިކަންކަމާ ގުޅޭގޮތުން ވަކި ކަންކަން ޙާސިލުކުރުމަށްޓަކާ ހިންގޭ ކަލެކްޓިވް ބަރއިނިންގއަށް ފުރުސަތު ދިނުން ހިމެނެއެވެ.
މި ބިލުގައި އިތުރަށް ބުނެފައި ވަނީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމާ ގުޅޭ އުސޫލުތަކާ، އެނޫންވެސް ޓްރޭޑް ޔޫނޫންވެސް ޓްރޭޑް ޔޫނިއަންތަކާ ގުޅޭ ކަންކަން ތަންޛީމުކުރުމުގެ އުސޫލުތައް ބަޔާން ކުރުމަކީ ވެސް ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.